Live 6,005 stories Updated Oct 20, 2026
Showing: RaajjeTV
Browse topics RaajjeTV

RaajjeTV

Live feed

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޕާކިސްތާނަށް ފުރާވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުއިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، އިސްލާމިކް ރިޕަބްލިކް އޮފް ޕާކިސްތާނަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގެންފި އެވެ.

ބޭބެ މަރާލާނެ ކަމަށް ބުނެ އިންޒާރުދިން މީހަކު ތިން މަހަށް ޖަލަށްލުމަށް ހުކުމްކޮށްފި

އެއްބަނޑު އެއްބަފާ ބޭބެގެ އަތުން ފައިސާ ހޯދަން އުޅެ، އެ ފައިސާ ނުދިނުމުން މަރާލާނެ ކަމަށް ބުނެ ބިރުދެއްކި މައްސަލައެއް ސާބިތުވެ، މީހަކު ތިން މަހާއި ދެ ދުވަހަށް ޖަލަށްލުމަށް ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފި އެވެ.

ދައުރުގެ ފަހުކޮޅު އޮޑިޓަރ ޖެނެރަލް އޮފީހުގެ ބަޖެޓު ކުޑަކުރަމުންދާތީ މެމްބަރު މައުރޫފްގެ ކަންބޮޑުވުން!

އަންނަ އަހަރަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ހުށަހަޅާފައިވާ ބަޖެޓު މާލިއްޔަތު ކޮމިޓީން ކުޑަކޮށްފައިވާތީ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

މަޝްވަރާ ކުރުމެއް ނެތި ރައީސް މުއިއްޒުގެ އިރުޝާދާއި ލަފާފުޅުގެ މަތިން ކުރާ ހުރިހާ ކަމެއް ގޮވަނީ އަތަށް: ބޮންޑާ

ރައްޔިތުންގެ މަޖިލީހުގައި މިހާރު ކަންކަން ނިންމަނީ ކަމާބެހޭ ފަރާތްތަކުގެ މަޝްވަރާ ހޯދުމުގެ ބަދަލުގައި ހަމައެކަނި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ އިރުޝާދާއި ލަފާފުޅުގެ މަތިން ކަމަށާއި، މަޝްވަރާއެއް ނެތި ކުރާ ހުރިހާ ކަމެއް އަތަށް ގޮވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ…

ރަސްމާލޭގައި އީގަލް ހިލްސްއިން ހިންގަން އުޅޭ މަޝްރޫއުގެ އެއްވެސް ކަމެއް ސާފުނުވާތީ، މިއީ ރާއްޖެއަށް ހުރި ވަރަށް ބޮޑު ނުރައްކަލެއްކަން ހާމަވޭ: އިހުސާން

ރަސްމާލޭގައި އީގަލް ހިލްސްއިން ހިންގަން އުޅޭ މަޝްރޫއުގެ އެއްވެސް ކަމެއް ސާފުނުވާތީ، މިއީ ރާއްޖެއަށާއި ރާއްޖޭގެ އިގްތިސާދާއި އިސްތިގުލާލަށް އޮތް ވަރަށް ބޮޑު ނުރައްކަލެއްކަން ހާމަވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހުސާން ވިދާޅުވެއްޖެ އެވެ.

އޭއީއެޗްގެ ސީއީއޯ އަދީލްގެ އާއިލީ މީހުންނަށް ނާޖާއިޒު ގޮތުގައި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދޭ ކަމުގެ ސީރިއަސް ތުހުމަތުތަކެއް، މިފަހަރު ކޮއްކޮ އަށް އިސް މަގާމެއް!

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގެ ސީއީއޯ ޑރ. އަޙްމަދު އަދީލް ނަސީރުގެ އާއިލީ ބޭފުޅުންނަށާއި ގާތް ރައްޓެހިންނަށް ނާޖާއިޒު ގޮތުގައި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދެއްވާ ކަމުގެ ސީރިއަސް ތުހުމަތުތަކެއް ފެންމަތިވެފައި ވަނިކޮށް، އެ ހޮސްޕިޓަލުގެ އިސް މަގާމަކަށް އޭނާގެ ކޮއްކޮ ހޮވުމާ ގުޅިގެން ގި…

ހުޅުމާލެ ފޭސް-2 ގައި ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން ވެންޓިލޭޓަރުގައި ފަރުވާ ދެމުންދިޔަ ދެމީހުންގެ ތެރެއިން އެކަކު ވޯޑަށް ބަދަލުކޮށްފި

ހުޅުމާލެ ފޭސް 2، ނިރޮޅުމަގުގައި ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން ވެންޓިލޭޓަރުގައި ފަރުވާ ދެމުންދިޔަ ދެމީހުންގެ ތެރެއިން އެކަކު ވޯޑަށް ބަދަލުކޮށްފި އެވެ.

ޑޮލަރު ލިބުން ދަތިވެ، ބޭރުގެ ކިޔަވާ ކުދިންނާއި ވިޔަފާރިވެރިންނަށް ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާތީ ރައީސް ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި

ޑޮލަރު ލިބުން ދަތިވެ، ބޭރުގެ ކިޔަވާ ކުދިންނާއި ވިޔަފާރިވެރިންނަށް ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާތީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއަރޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ރަސްމާލެ މަޝްރޫއުގެ ހަގީގީ ނުރައްކަލަކީ އެތަނުގައި ރިސޯޓު އުސޫލުތައް ހުއްދަކުރުން ކަމަށް ވަޒީރު ވިދާޅުވި ވިދާޅުވުން ކަމަށް އިލްމުވެރިންގެ ގުޅުމުން ބުނެފި

ރަސްމާލޭގައި އީގަލް ހިލްސްއިން ތަރައްގީކުރާ ސަރަހައްދާ ގުޅިގެން އޮތް އެންމެ ބޮޑު ދީނީ ކަންބޮޑުވުމަކީ، ހައުސިންގ މިނިސްޓަރު މަނާކުރައްވާނެ ކަމަށް ވިދާޅުވި ފައްޅިއެއް ނުވަތަ ފެސްޓިވަލެއްގެ މައްސަލަ ނޫން ކަމަށާއި، ހަގީގީ ނުރައްކަލަކީ ދިވެހީން ދާއިމީކޮށް ދިރިއުޅޭ މާހައުލެއްގައި ޓޫރިސްޓް ރިސޯޓުތަކުގެ އުސ…

Loading fresh headlines…