Live 6,018 stories Updated May 27, 2026
Showing: RaajjeTV
Browse topics RaajjeTV

RaajjeTV

Live feed

މައްކާގެ ބިމުގައި އެތައް މިލިއަން މުސްލިމުން އެއްވެ އިބާދަތް ކުރާ މަންޒަރު ޤިޔާމަތް ދުވަހުގެ ހަގީގަތް ހަނދާން ކޮށްދޭ: އީދު ޚުތުބާ

މައްކާގެ ބިމުގައި އެތައް މިލިއަން މުސްލިމުން އެއްވެ އިބާދަތް ކުރާ މަންޒަރު ޤިޔާމަތް ދުވަހުގެ ހަގީގަތް ހަނދާން ކޮށްދޭކަމަށް އަޟްހާ އީދުގެ ޚުތުބާގައި ބުނެފިއެވެ.

އަތޮޅު ތެރޭގައި އެމްޑީޕީގެ ޙަރަކާތްތައް ވަޅުޖެހިގެންދާން ފުރުސަތެއް ނުދޭނަން: މީކާއީލް

އަތޮޅުތެރޭގައި އެމްޑީޕީގެ ޙަރަކާތްތައް ވަޅުޖެހިގެން ދިއުމަށް ފުރުސަތު ނުދެއްވާނެކަމަށް ޕާޓީގެ ޗެއަރޕަރސަންކަމަށް ވާދަ ކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަޙުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ބާޖެއް ގާތްކުރަން އުޅުމުގެ ތެރޭގައި ބޮޑެތި ގެއްލުންތަކެއް ލިބި، ހުޅުމާލެ ލަކުޑި ޖެޓީ ބަންދުކޮށްފި

ހުޅުމާލެ ލަކުޑި ޖެޓީއަށް ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން، އަންގާރަ ދުވަހުން ފެށިގެން އެ ޖެޓީ ވަގުތީ ގޮތުން ބަންދުކޮށްފައިވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހާމަކޮށްފި އެވެ.

ސަރުކާރު މުވައްޒަފުންގެ މުސާރަ ދެވޭ ވަރުވާނީ، މި މަހު 28 އަދި 31 ގައި: މިނިސްޓްރީ

އީދު ބަންދުގެ ކުރިން ސަރުކާރު މުވައްޒަފުންގެ މުސާރަ ޖަމާކޮށްދީފައި ނުވާތީ ގިނަ ބައެއްގެ ޝަކުވާ ބޮޑުވެފައި ވަނިކޮށް، މި މަހުގެ މުސާރަ އާއި އިނާޔަތްތައް ޖަމާކުރަން ފަށާނީ މި މަހުގެ 28 ވާ ބުރާސްފަތި ދުވަހު ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ވޭވަށު ގޮނޑީގެ މައްސަލަ ސުޕްރީމް ކޯޓަށް

މ. ވޭވަށު ކައުންސިލް މެންބަރެއްގެ ގޮނޑި އެމްޑީޕީ މެންބަރަށް ކާމިޔާބުވެފައި ވަނިކޮށް ހައި ކޯޓުގެ ހުކުމަކާ އެކު އެކަން ބާތިލުކުރުމުން ޕީއެންސީގެ ކެންޑިޑޭޓަށް އެ ގޮނޑި ލިބުނު މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.

އެތެރޭގެ އިންތިޚާބުގައި ވަކި ކޮޅެއް ނަގައިގެން މެމްބަރުން ބާކީނުވާނެކަމުގެ ޔަޤީންކަން ދެން: މީކާއީލް

އެތެރޭގެ އިންތިޚާބުގައި ވަކި ކޮޅެއް ނަގައިގެން މެމްބަރުން ބާކީނުވާނެކަމުގެ ޔަޤީންކަން ދެއްވާކަމަށް ޕާޓީގެ ޗެއަރޕަރސަންކަމަށް ވާދަކުރައްވާ މީކާއީލް އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

މަހުމޫދުގެ ޤާތިލު ޝާ އަލޮމްއަށް ކުރި މަރުގެ ޙުކުމް ސުޕްރީމް ކޯޓަށް

އދ. ދަނގެތީގެ ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރުގެ މަރުގެ މައްސަލައިގެ ދައުވާ ލިބޭ, ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ ޝާ އަލޮމް މިއާގެ ކިބައިން މަރަށް މަރު ހިފުމަށް ދަށު ކޯޓުން ކުރި ޙުކުމް ހައިކޯޓުން ދަމަހައްޓާފައިވާތީ، އެ ޙުކުމުގެ ސައްޙަކަން ކަށަވަރު ކުރަން ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.

Loading fresh headlines…