Live 3,241 stories Updated Jan 21, 2026
Showing: RaajjeTV
Browse topics RaajjeTV

RaajjeTV

Live feed

ނ. ވެލިދޫގެ އިންޑަސްޓްރިއަލް ޒޯން 2: އަވަސް އަރުވާލައިގެން ރައީސްގެ ވައުދު ފުއްދަން ދިރާސާ ނުކޮށް ކުރި މަސައްކަތުގެ ހިތި ނަތީޖާ ފެނިއްޖެ!

ނ. ވެލިދޫގެ އިންޑަސްޓްރިއަލް ޒޯން 2 ގެ ނަމުގައި ވެލިދޫ އިން ހިއްކި ބިމުގެ މަސައްކަތް އަވަސް އަރުވާލައިގެން ދިރާސާ ނުކޮށް ކުރުމުގެ ހިތި ނަތީޖާ ލިބެނީ ވެލިދޫ އަށް ކަމަށް އެ ރަށު ކައުންސިލްގެ ނައިބު ރައީސް ޖީހާން މުހައްމަދު ވިދާޅުވެއްޖެ އެވެ.

ކައުންސިލް އިންތިޚާބުގައި ކެނޑިޑޭޓުންނަށް އީސީން ވަނީ ޤާނޫނާއި ޚިލާފު ޝަރުތުތަކެއް ކުރިމަތި ކުރުވާފައި، އެކަން ބަދަލު ނުކުރާ ނަމަ ކޯޓަށް ދާނަން: ޕީއެންއެފް

ކައުންސިލް އިންތިޚާބުގައި ކެނޑިޑޭޓުންނަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ޤާނޫނާއި ޚިލާފު ޝަރުތުތަކެއް ކުރިމަތި ކުރުވާފައި ކަމަށާއި އެކަން ބަދަލު ނުކުރާ ނަމަ ކޯޓަށް މައްސަލަ ހުށަހަޅާނެ ކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންއެފް) އިން ބުނެފި އެވެ.

މި ސަރުކާރުން ޗައިނާ ސަރުކާރާއި އެކު ސޮއިކުރި ހޮސްޕިޓަލް ގެ މަޝްރޫޢު އަކީ ކުރީ ސަރުކާރުގައި ފަންޑުވެސް ހަމަޖެހިފައިވާ ކަމެއްކަން ހާމަވެއްޖެ

މި ސަރުކާރުން ޗައިނާ ސަރުކާރާއި އެކު ސޮއިކުރި ހޮސްޕިޓަލް ގެ މަޝްރޫޢު އަކީ ކުރީ ސަރުކާރު ގައި ފަންޑުވެސް ހަމަޖެހިފައިވާ ކަމެއްކަން ހާމަވެއްޖެ އެވެ.

އެއާޕޯޓްގައި މާރާމާރީ ހިންގުމުން ނަސޭހަތް ދީ ދޫކޮށްލި ދެ މީހުން 10 ދުވަސް ފަހުން ހައްޔަރު ކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ ޓެކްސީ ކިއު ސަރަހައްދުގައި މާރާމާރި ހިންގި ބިދޭސީންތަކަކަށް ނަސޭހަތް ދީ ދޫކޮށްލުމަށްފަހު އޭގެ 10 ދުވަސް ފަހުން ހައްޔަރު ކޮށްފި އެވެ.

ގެދޮރުވެރިޔާ ސްކީމުގެ ލިސްޓު މި ސަރުކާރުގެ ނިޒާމުން ޑިލީޓް ވެއްޖެ : މެންބަރު ދީދީ

ބޯހިޔާވަހިކަމަށް އެދި ހުށަހެޅި 13،000 މީހުންގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތައް ލިޔެކިޔުމުން ފެންނަން ހުރި ނަމަވެސް މި ސަރުކާރުން އެ ލިސްޓުތައް ނިޒާމުން މުޅިން ޑިލީޓް ކޮށްލާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

ނ. ވެލިދޫ ރިހެބިލިޓޭޝަން ސެންޓަރުގެ މަސައްކަތް ވަރަށް ސްލޯ، ހުރީ މަސައްކަތް ހިނގާ ގޮތް ނުފެންނާނެ ހެން ފެންސު ޖަހާ ބަންދުކޮށްފައި!

މި ސަރުކާރުން ފަށާފައިވާ ނ. ވެލިދޫ ނެޝެނަލް ޑްރަގް އޭޖެންސީ ރިހެބިލިޓޭޝަން ސެންޓަރު ގެ މަސައްކަތް ދަނީ ވަރަށް ލަސްކޮށް ކަމަށް އެ ރަށު ކައުންސިލް ގެ ރައީސް އާތިފް ހުސައިން ވިދާޅުވެއްޖެ އެވެ.

ސަރުކާރަށް ދެ އަހަރުވީއިރު، ރައްޔިތުންގެ ފަރާތުން އިވެމުން ދަނީ ކަމެއް ނުކުރެވޭ ކަމުގެ ޝަކުވާ: ފައިޞަލް ނަސީމް

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް ދެ އަހަރު ދުވަސްވީއިރު ވެސް، ރައްޔިތުންގެ ފަރާތުން އިވެމުން ދަނީ އެއްވެސް ކަމެއް ނުކުރެވޭ ކަމުގެ ކަންބޮޑުވުމާއި ޝަކުވާ ކަމަށް ކުރީގެ ނައިބު ރައީސް ފައިޞަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ވެލިދޫ ޖޫނިއަރ ކޮލެޖުގެ މަސައްކަތް ނުނިމި ދިގުދެމިގެންދާ ކޮންމެ ދުވަހަކީ، މަތީ ތައުލީމު ހާސިލް ކުރުމަށް ރަށުން ބޭރަށް ދާން މަޖުބޫރުވާ ކުދިންނަށް ލިބޭ ވަރަށް ބޮޑު ދެރައެއް: ވެލިދޫ ކައުންސިލްގެ ނައިބު ރައީސް

އެމްޑީޕީ ސަރުކާރުން ނ. ވެލިދޫ ގައި ތަރައްގީ ކުރަން ފެށި ޖޫނިއަރ ކޮލެޖުގެ މަސައްކަތް ނުނިމި ހުއްޓިފައި އޮތުމަކީ އެރަށުން ގްރޭޑް 10 ނިންމާފައި މަތީ ތައުލީމު ހާސިލް ކުރުމަށް، ރަށުން ބޭރަށް ދާން މަޖުބޫރުވާ ދަރިވަރުންނަށް ލިބޭ ވަރަށް ބޮޑު ދެރައެއް ކަމަށް ވެލިދޫ ކައުންސިލްގެ ނައިބު ރައީސް ޖީހާން މުހައްމަދ…

އެމްޑީޕީ އިން ކައުންސިލް އިންތިހާބުގެ ކެމްޕެއިން ޓީމު އިއުލާންކޮށްފި، މެނޭޖަރަކަށް ކުޑޫ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އިންތިޚާބުގެ ކެމްޕެއިން މެނޭޖަރަކަށް، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ފަރާތުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހަމަޖައްސައިފި އެވެ.

ރޯދަ އާ ދިމާކޮށް ނޯތު ހާބަރު ބަންދުކުރީ އޮޑިވެރިންނާ ކުރި މަޝްވަރާއާ ދިމާ އިދިކޮޅަށް، އޮޑިވެރިންގެ ކަންބޮޑުވުން ބަންޑުން ކޮށްލައިފި!

މާލޭ ނޯތު ހާބަރު މި ސަރުކާރުން ބަންދު ކޮށްފައިވަނީ އޮޑިވެރިންނާ އެތައް ފަހަރެއްގެ މަތިން ކުރި މަޝްވަރާއާ ދިމާ އިދިކޮޅަށް ކަމަށާ ކުރިއަށް އޮތީ ބަރަކާތްތެރި ރަމަޟާން މަސް ކަމަށް ވާއިރު އޮޑިވެރިންނަށް މި ސަރުކާރުން އިންތިހާ އަށް ތަކުލީފު ޖައްސާފައިވާ ތީ އޮޑިވެރިންގެ ކަންބޮޑުވުންތައް ބަންޑުން ކޮށްލައިފި…

އެމްޑީޕީ އިން 144 ދާއިރާގައި ވޯޓު ފޮށި ބަހައްޓައިގެން 4000 މީހުން ވޯޓު ނުލާ ކަމަށް ބުނެ ޕީޖީ ލީޑަރ ފަލާހު އިތުރުފުޅު ހައްދަވައިފި

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން 144 ދާއިރާގައި ވޯޓު ފޮށި ބަހައްޓައިގެން 4000 މީހުން ވޯޓު ނުލާ ކަމަށް ބުނެ ޕީޖީ ލީޑަރ އިބްރާހިމް ފަލާހު އިތުރުފުޅު ހައްދަވައިފި އެވެ.

Loading fresh headlines…