Live 13,991 stories Updated Oct 26, 2026
Showing: PSM
Browse topics PSM

PSM

Live feed

ބާސެލޯނާގެ މައްޗަށް ރެއާލް މެޑްރިޑްއިން ކުރި ހޯދައިފި

ސްޕެނިޝް ލަލީގާގައި ކުޅޭ އެންމެ ފޯރިގަދަ މެޗު ކަމުގައިވާ ރެއާލް މެޑްރިޑާއި ބާސެލޯނާގެ ކުރިމަތިލުން ރެއާލް މެޑްރިޑްއިން ކާމިޔާބުކޮށްފިއެވެ. އެލް ކްލެސިކޯގެ ނަމުން މަޝްހޫރު ވެފައިވާ މި މެޗުން ރެއާލް މެޑްރިޑް މޮޅުވެފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ. ބާސެލޯނާގެ ސްޕޮޓިފައި ކޭމްޕްނޯ ގައި 62 ހާހަށްވުރެ …

ފުނަދޫ އަލިފާނުގެ ހާދިސާ: 11 މީހަކަށް ވަގުތީ ބޯހިޔާވަހިކަން

ށ. ފުނަދޫގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން 11 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ އެންޑީއެމްއޭއިން ވިދާޅުވެއްޖެއެވެ. އެންޑީއެމްއޭއިން ވިދާޅުވީ، ށ. ފުނަދޫ ޕެޓްރޯލް ޝެޑުގައި މިއަދު ހެނދުނު ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ގެ…

މައްކާ އަދި މަދީނާއަށް ހަމަލާ އަމާޒުކުރުމަކީ ޖަރީމާއެއް: ޝައިޚް އަލް ސުދައިސް

މައްކާއާއި މަދީނާއަށް އަމާޒުކޮށް ޔަމަނުގެ ޙޫޘީން ދެމުންދާ ހަމަލާތައް ދެ ހަރަމްފުޅުގެ ކަންކަން ބަލަހައްޓާ ރިޔާސަތުގެ އިސްވެރިޔާ ޝައިޚް އަބްދުއްރަޙްމާން އަލް-ސުދައިސް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފިއެވެ. ޔަމަނުގެ ޙޫޘީ ހަނގުރާމަވެރިން މުޤައްދަސް ދެ ރަށް ކަމުގައިވާ މައްކާއާއި މަދީނާއަށް އަމާޒު…

އެތައްހާސް ދިވެހި އުފެއްދުންތަކާއެކު މައުރަޒު ފަށައިފި

އުފެއްދުންތެރިންނާއި މަސައްކަތްތެރިންގެ ފަންނުވެރިކަން އެއް ފުރާޅެއްގެ ދަށުން ދައްކާލުމަށް ބާއްވާ "ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026" ފަށައިފިއެވެ. ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްގެންދާ މި މައުރަޒު އިފްތިތާޙްކޮށްދެއްވީ އެކަމަށްޓަކާ މިރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ރައީސުލްޖުމްހ…

ޓީސީ ބަލިކޮށް ބިސްބުރަށް ހިތްހަމަޖެހުމެއް

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ޓީސީ ސްޕޯޓްސް ކުލަބުގެ މައްޗަށް ހޯދި މޮޅާއެކު ބިސްބުރު ސްޕޯޓްސް ކުލަބުން ހިތްހަމަޖެހުމެއް ހޯދައިފިއެވެ. ކުރިއަށް އޮތް ދިގު ބައިނަލްއަގްވާމީ ބްރޭކަށް ދިވެހި ލީގުގެ ކުޅުން މެދުކަނޑާލާއިރު، މިއީ މި ދެ ޓީމަށް ވެސް ލީގުގައި ކުޅެން އޮތް ފަހު މެޗެވެ. މި މެޗުން މޮޅެއް ހޯދައ…

އެމްއެންޔޫއިން ދެމެހެއްޓެނިވި ތަރައްޤީގެ ރިޕޯޓެއް ނެރެފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ދެމެހެއްޓެނިވި ތަރައްޤީއަށް ކުރާ މަސައްކަތްތަކާއި، ޒިންމާދާރުކަމާއެކު އދ. ގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ކުރާ ހިއްސާ ހާމަކޮށްދޭ "ސަސްޓެއިނަބިލިޓީ ރިޕޯޓް 2025" ރަސްމީކޮށް ނެރެފިއެވެ. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސެނެޓުން ރަސްމީކ…

ވައިގެ މަގުން އެތެރެކުރި 6.7 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ރާއްޖެއަށް ވައިގެ މަގުން އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ. މޯލްޑިވްސް ކަސްޓަމްސްއިން ވިދާޅުވީ، ވައިގެމަގުން ރާއްޖެއެތެރެކުރަން އުޅުނު 6.75 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވާކަމަށެވެ. އެތަކެތި އަތުލައި ގަނެފައިވަނީ، މިމަހުގެ 24 ވަނަ ދުވަހުއެވެ. ކަސްޓަމްސްއި…

އަމީނީ މަގުގެ 3ވަނަ ސެގްމަންޓުގެ މަސައްކަތް ނިމުމަކާއި ގާތަށް

އަމީނީ މަގު މަރާމާތު ކުރުމުގެ މަޝްރޫޢުގެ ދަށުން، ތިންވަނަ ސެގްމަންޓުގެ މަސައްކަތްތައް ނިމުމަކާ ގާތްވެފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީއިން ވިދާޅުވެއްޖެއެވެ. އެމްޓީސީސީން ވިދާޅުވީ، މި ސެގްމަންޓުގައި ކުރިން އަޅާފައިވާ ތާރުގެ ތެރެއިން 1924.77 އަކަމީޓަރުގ…

މިޞްރުން ޣައްޒާއަށް 280 ލޮރީގެ އެހީ

ޣައްޒާގައި ކާބޯތަކެތީގެ ހާލަތު ނުރައްކާތެރި މިންވަރަކަށް ގޯސްވެ، ބޭކަރީތައް ހުއްޓުމަކަށް އައުމާ ގުޅިގެން، މި ދަތިކަމަށް ހައްލެއް ހޯދުމުގެ ގޮތުން މިޞްރުގެ ރެޑް ކްރެސެންޓުން ފުށާއި ކާނާ ހިމެނޭ 280 ލޮރީ ޣައްޒާއަށް ފޯރުކޮށްދީފިއެވެ. މިޞްރުގެ ރެޑް ކްރެސެންޓުން ދީފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި، ޔ…

ހަމަލާތަކަކުން ޤައުމުގެ ސިޔާސަތަށް އެއްވެސް ބަދަލެއް ނާންނާނެ: އީރާނު

މިދިޔަ ދުވަސްތަކުގައި އެމެރިކާއާއި ޔަހޫދީ ދައުލަތުން އީރާނާ ދެކޮޅަށް ހަމަލާތަކެއް ދިނުމުގެ އިންޒާރުތައް ދެމުންދާ ދަނޑިވަޅެއްގައި، އަލުން ހަނގުރާމައެއް ފެށިގެންފިނަމަވެސް އީރާނުގެ ސިޔާސަތާއި މަޤާމަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް އެ ޤައުމުގެ ޚާރިޖީ ވަޒީރު ޢައްބާސް އަރަޤްޗީ ވިދާޅުވެއްޖެއެވެ. ޓީވީ…

ސްކޭމްގެ މައްސަލައަކާއި ގުޅިގެން 3 މީހުން ހައްޔަރުކޮށްފި

އޮންލައިންކޮށް ހިންގި 32،000 ރުފިޔާގެ ސްކޭމްގެ މައްސަލައަކާ ގުޅިގެން ތިންމީހުން ހައްޔަރުކޮށްފިއެވެ. މި މައްސަލައަކީ ވަޓްސްއެޕް މެދުވެރިކޮށް ވާހަކަދައްކައި، މަކަރާއި ހީލަތުން ފައިސާ އަތުލާފައިވާ ކަމަށް، 2026 އޮކްޓޫބަރު 13 ވަނަ ދުވަހު ހުށަހަޅާފައިވާ މައްސަލައެކެވެ. ފުލުހުން ވިދާޅުވީ މި މައްސަލައާ ގުޅ…

Loading fresh headlines…