އަމީނީ މަގު މަރާމާތު ކުރުމުގެ މަޝްރޫޢުގެ ދަށުން، ތިންވަނަ ސެގްމަންޓުގެ މަސައްކަތްތައް ނިމުމަކާ ގާތްވެފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީއިން ވިދާޅުވެއްޖެއެވެ.

އެމްޓީސީސީން ވިދާޅުވީ، މި ސެގްމަންޓުގައި ކުރިން އަޅާފައިވާ ތާރުގެ ތެރެއިން 1924.77 އަކަމީޓަރުގެ ސަރަޙައްދެއްގެ ތާރު ނެގުމަށްފަހު، އަލުން އޭބީސީ ފަށަލަ އަޅައި، ތާރު އެޅުމާއި މަގުމަތީގެ ނިޝާންތައް ކުރެހުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

މި މަޝްރޫޢުގެ ތެރެއިން ސެގްމަންޓް 3 ގައި މަގުމަތީގެ ނިޝާންތައް ކުރެހުމުގެ މަސައްކަތް މިހާރު ފަހު މަރުޙަލާގައި ކުރިއަށްދާއިރު، ޖަންކްޝަންތަކުގައި ކޮންކްރީޓް އެޅުމުގެ މަސައްކަތްތައްވެސް ވަނީ ނިމުމަކާ ގާތްވެފައިވާ ކަމަށްވެސް އެމްޓީސީސީން ވިދާޅުވިއެވެ. އަދި މަގު ހުޅުވާލުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށްްވެސް އެކުންފުނިން ފާހަގަކުރިއެވެ.

އަމީނީ މަގުގެ 3ވަނަ ސެގްމަންޓުގެ މަސައްކަތް ނިމުމަކާއި ގާތަށް
އަމީނީ މަގުގެ 3ވަނަ ސެގްމަންޓުގެ މަސައްކަތް ނިމުމަކާއި ގާތަށް
އަމީނީ މަގު މަރާމާތު ކުރުމުގެ މަޝްރޫޢުގެ ދަށުން، ތިންވަނަ ސެގްމަންޓުގެ މަސައްކަތްތައް ނިމުމަކާ ގާތްވެފައި

އަމީނީ މަގުގައި ހަލާކުވެފައިވާ ސަރަޙައްދުތައް މަރާމާތު ކުރުމަށް ކުރިއަށްގެންދާ މަސައްކަތުގެ ތެރެއިން ސެގްމަންޓް 3 ގެ މަސައްކަތް ފަށާފައިވަނީ މިމަހުގެ 4 ވަނަ ދުވަހުއެވެ. މި ސެގްމަންޓުގައި ހިމެނެނީ ޢިއްޒުއްދީން މަގާ ހަމައިން ފެށިގެން ކޯރުކެނޑި ހިނގުމާ ހަމައަށް އޮންނަ ސަރަޙައްދެވެ.

މި މަޝްރޫޢުގެ ދަށުން މީގެކުރިން ވަނީ ސެގްމަންޓް 1 އަދި ސެގްމަންޓް 2 ގެ މަސައްކަތް އެއްކޮށް ނިންމައި އާންމުންނަށް ހުޅުވާލާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ދިވެހިރާއްޖޭގެ އަޑުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލާ ހަމައަށް އޮތް ސަރަޙައްދާއި، ދިވެހިރާއްޖޭގެ އަޑު ކުރިމަތިން އޮންނަ ހަތަރުއަނގޮޅި ކަންމައްޗެވެ.

ތިންވަނަ ސެގްމަންޓުގެ މަސައްކަތް ނިމުމާއެކު، ސެގްމަންޓް 4 ގެ މަސައްކަތް ފެށުމަށް ވަނީ ހަމަޖެހިފައެވެ. މި ސެގްމަންޓުގައި ހިމެނެނީ ކޯރުކެނޑި ހިނގުމުން ފެށިގެން ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލާ ހަމައަށް އޮންނަ ސަރަޙައްދެވެ.

އަމީނީ މަގުގެ އިންފްރާސްޓްރަކްޗަރ މިގޮތަށް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް ނިމުމުން، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދަތުރުފަތުރު ކުރުމުގައި ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެމްޓީސީސީން ފާހަގަކުރައްވައެވެ.

އަމީނީ މަގުގެ 3ވަނަ ސެގްމަންޓުގެ މަސައްކަތް ނިމުމަކާއި ގާތަށް
އަމީނީ މަގުގެ 3ވަނަ ސެގްމަންޓުގެ މަސައްކަތް ނިމުމަކާއި ގާތަށް