Live 13,988 stories Updated Oct 30, 2026
Showing: PSM
Browse topics PSM

PSM

Live feed

ޕޮލިހުގެ ކާމިޔާބީގެ އަސްލަކީ ކުޅުންތެރިންގެ އަހުލާގު

ދިވެހި ސިފައިންގެ ކުލަބްގެ މައްޗަށް ސީދާ ތިން ސެޓުން ކުރިހޯދާ ގައުމީ ވޮލީބޯޅަ މުބާރާތް ޕޮލިސް ކުލަބުން ކާމިޔާބުކުރިއިރު، ކާމިޔާބީގެ އަސްލަކީ ކުޅުންތެރިންގެ ޑިސިޕްލިން ކަމަށް ޕޮލިހުގެ ކޯޗު ނަސްރުﷲ ތޯހާ ބުނެފިއެވެ. މިއީ 2019 ވަނަ އަހަރުގެ ފަހުން ވޮލީގެ ފުރަތަމަ ޑިވިޝަނުގެ މުބާރާތެއް ޕޮލިހުން ކާމިޔާބ…

އެމްޓީސީސީ ބަލިކޮށް ވެމްކޯ ޤައުމީ މުބާރާތުގެ ފައިނަލަށް

ކުލަބް އެމްޓީސީސީގެ މައްޗަށް ކުރިހޯދައި ކުލަބް ވެމްކޯއިން ގައުމީ މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފިއެވެ. ވެމްކޯއަށް ގައުމީ މުބާރާތުގެ ފައިނަލުން ޖާގަ ލިބުނުއިރު، އެ ޓީމުން ވަނީ ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ކަޕާއި، ގައުމީ ވޮލީބޯޅަ ލީގު ވެސް ކާމިޔާބުކޮށްފައެވެ. އެ…

"ޤައުމުގެ ކުރިއެރުމަށް ޒުވާނުންގެ ޤައުމީ ޚިދުމަތް މުހިއްމު"

ޤައުމު ކުރި އަރައިގެންދާނީ ޒުވާނުން ޤައުމަށް ޚިދުމަތް ކުރުމަށް ބޭނުންވާ މިންވަރެއްގެ މައްޗައްކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށ…

އިންޑިއާގެ އައިޓެކް ދުވަސް ރާއްޖޭގައި ފާހަގަކޮށްފި

އިންޑިއާގެ އައިޓެކް ދުވަސް ރާއްޖޭގައި ފާހަގަކޮށްފިއެވެ. އިންޑިއަން ޓެކްނިކަލް އެންޑް އިކޮނޮމިކް ކޯޕަރޭޝަން، އައިޓެކްއަކީ އިންޑިއާ މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއާޒްގެ ދަށުން ހިންގާ، އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމުގެ އެންމެ އިސް ދައުރެއް އަދާކުރާ އެއް ޕްރޮގްރާމެވެ. އިންޑިއަން ހައިކޮމިޝަނ…

ރާއްޖެއާއި ކުވައިތުގެ ގުޅުން ބަދަހިކުރުމާގުޅޭ މުހިންމު މަޝްވަރާތަކެއް

ދިވެހިރާއްޖޭގައި ކުވައިތާދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކޮށް، އެކި ދާއިރާތަކުން ދެ ޤައުމު ގުޅިގެން މަސައްކަތް ކުރުމާގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި މަޝްވަރާތައް ކުރައްވާފައިވަނީ އިސްލާމީ ކަންތައްތަކާއި އައުޤާފާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، ކުވައިތުގެ ޚާރިޖީ ވަޒީރު ޝައިޚ…

ސްޕެއިންގައި ހިނގި ރޭލު އެކްސިޑެންޓާއި ގުޅިގެން ރައީސްގެ ތަޢުޒިޔާ

ސްޕެއިންގެ ދެކުނުބިތުގައި ހިނގި ރޭލު އެކްސިޑެންޓެއްގައި ގިނަ ބަޔަކު މަރުވެ، އެތައް ބަޔަކު ޒަޚަމްވި ހިތާމަވެރި ހާދިސާއާ ގުޅިގެން، ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ. އެމަނިކުފާނުގެ މެސެޖުގައި، މި ހިތާމަވެރި ޙާދިސ…

ހިންނަވަރުގައި ކީރިތި ޤުރްއާނާބެހޭ މަރުކަޒުގެ ގޮތްޕެއް ހުޅުވައިފި

ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުން ޅ. ހިންނަވަރުގައި އާ ގޮތްޕެއް ރަސްމީކޮށް ހުޅުވައިފިއެވެ. މި މަސައްކަތަކީ ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ޤުރްއާން އުނގަންނައިދޭ މަރުކަޒުތައް ޤާއިމުކުރުމަށް ސަރުކާރުން ކުރިއަށްގެންދަވާ ޚާއްސަ މަޝްރޫޢުގެ ދަށުން، ކުރެވުނު މަސައްކަތެކެވެ. ކީރިތި ޤުރްއ…

"ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފަހި މާހައުލެއް ޤާއިމްކޮށްދޭނަން"

ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފަހި މާހައުލެއް ޤާއިމްކޮށްދެއްވާނެކަމަށާއި، މިހާރަށް ވުރެ ބޮޑަށް އެކަމަށް އިސްކަން ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ "ރައްޔިތުންގެ އަޑު" ޕްރޮގްރާމްގައި ނުކުޅުދުންތެރިކަން ހުނ…

ބަކްސްގެ މައްޗަށް ރޮކެޓްސުން ކުރި ހޯދައިފި

އެން.ބީ.އޭ. ބާސްކެޓްބޯޅަ މުބާރާތުގައި ހިއުސްޓަން ރޮކެޓްސް އާއި މިލްވައުކީ ބަކްސް ބައްދަލުކުރި މެޗު ކާމިޔާބު ކޮށް ރޮކެޓްސްއިން ބަލިނުވެ 5 މެޗު ހަމަކޮށްފިއެވެ. މިލްވައުކިގެ ފިސަރވް ފޯރަމްގައި ކުޅުނު މިމެޗު ރޮކެޓްސް އިން ކާމިޔާބު ކޮށްފައިވަނީ 132 ޕޮއިންޓް 100 ޕޮއިންޓުންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި…

ރާއްޖެއާއި ޗައިނާއާ ދެމެދު ވިޔަފާރި ކުރިއެރުވުމުގެ އެއްބަސްވުމެއް

މޯލްޑިވްސް ބިޒްނަސް ޗޭމްބަރ އާއި ޔުނާން ޕްރޮވިންޝަލް ފެޑަރޭޝަން އޮފް އިންޑަސްޓްރީ އެންޑް ކޮމާސްއާ ދެމެދު، ވިޔަފާރި ކުރިއެރުވުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. ރާއްޖޭގެ ފަަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ، މޯލްޑިވްސް ބިޒްނަސް ޗޭމްބަރގެ ރައީސް އަހުމަދު އަމްޖަދެވެ. އަދި ޔުނާން ޕްރޮވިންޝަލ…

"ޢިލްމާއި އެއްވަރަށް ޝަހުސިއްޔަތާއި ހުނަރު މުހިންމު"

ވަޒީފާގެ މާހައުލަށް ނުކުންނައިރު ޢިލްމާ އެއްވަރަށް ޝަހުސިއްޔަތާއި ހުނަރުވެރިކަން މުހިންމުކަމަށް، ޞިއްޙަތާއި ޢާއިލާއާއި އިޖްތިމާޢީ އެހީއާބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ. ވަޒީރު މިފަދައިން ވިދާޅުވީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހާކަދައްކަވަމުންނެވެ. ދަ…

Loading fresh headlines…