އެން.ބީ.އޭ. ބާސްކެޓްބޯޅަ މުބާރާތުގައި ހިއުސްޓަން ރޮކެޓްސް އާއި މިލްވައުކީ ބަކްސް ބައްދަލުކުރި މެޗު ކާމިޔާބު ކޮށް ރޮކެޓްސްއިން ބަލިނުވެ 5 މެޗު ހަމަކޮށްފިއެވެ.

މިލްވައުކިގެ ފިސަރވް ފޯރަމްގައި ކުޅުނު މިމެޗު ރޮކެޓްސް އިން ކާމިޔާބު ކޮށްފައިވަނީ 132 ޕޮއިންޓް 100 ޕޮއިންޓުންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ރޮކެޓްސް ފެނިގެންދިޔައީ ބަކްސްއަށްވުރެ ހުރިހާ ގޮތަކުންވެސް ވަރުގަދަ ކޮށެވެ.

މިގޮތުން ފުރަތަމަ ކުއާޓަރގައި 2 ޕޮއިންޓްގެ ލީޑެއްގައި އޮވެގެން ރޮކެޓްސް ނިންމާލިއިރު ދެވަނަ ކުއާޓަރގައި ރޮކެޓްސްއިން ވަނީ 20 ޕޮއިންޓެއްގެ ލީޑެއް ނަގާ ފުރަތަމަ ހާފް 22 ޕޮއިންޓްގެ ލީޑެއްގައި އޮވެގެން ނިންމާލައިފައެވެ. މިމެޗުގެ ދެވަަނަ ހާފްގައިވެސް ރޮކެޓްސްއިން އެޓީމުގެ މޮޅު ކުޅުން ކުރިއަށް ގެންގޮސް މެޗު ނިންމާލީ 32 ޕޮއިންޓްގެ ބޮޑު ލީޑެއްގައި އޮވެގެންވެ.

މިމެޗުގައި ރޮކެޓްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 24 ޕޮއިންޓް ހޯދައިދީ 6 ރީބައުންޑް ނަގާ 5 އެސިސްޓް ކުރި ފްރެޑް ވެންވްލީޓެވެ. މީގެއިތުރުން އާމެން ތޮމްޕްސަން 23 ޕޮއިންޓް ހޯދައިދިން އިރު ކެވިން ޑުރާންޓްވަނީ 18 ޕޮއިންޓް ހޯދައިދީފައެވެ. މިމެޗުގައި މިމުބާރާތުގައި މިހާތަނަށް ރޮކެޓްސްއަށް އެންމެ ގިނަ ޕޮއިންޓް ހޯދާދެމުން ގޮސްފައިވާ އަލްޕެރެން ސެންގުން އަނިޔާގެ ސަބަބުން މިމެޗުގައި ނުކުޅެއެވެ.

މިކާމިޔާބީ އާއކެު ރޮކެޓްސް މިހާރު އުޅެނީ ވެސްޓަން ކޮންފަރެންސްގައި މިހާތަނަށް ކުޅުނު ފަސް މެޗުވެސް ކާމިޔާބު ކޮށްފައެވެ. އަދި މިސީޒަންގައި މިހާރު މެޗަކުން ބަލިނުވާ ތިން ޓީމުގެ ތެރޭގައިވެސް އެންމެ ކުރީގައި މިއުޅެނީ ރޮކެޓްސްއެވެ.

މިމުބާރާތުގައި ކުޅުނު އެހެން ބައެއް މެޗުތަކުގެ ނަތީޖާ އަށް ބަލާލާއިރު ފިލަޑެލްފިއާ ސެވަންޓީ ސިކްސަރސް އާއި އިންޑިއާނާ ޕޭސަރސް ބައްދަލުކުރި މެޗު 114 ޕޮއިންޓް 109 ޕޮއިންޓުން ސެވަންޓީ ސިކްސަރސް ކާމިޔާބު ކުރިއިރު ޑެޓްރޮއިޓް ޕިސްޓަންސް އާއި ޗާލޮޓް ހޯނެޓްސް ބައްދަލުކުރި މެޗު 97 ޕޮއިންޓް 89 ޕޮއިންޓުން ކާމިޔާބު ކޮށްފައިވަނީ ޕިސްޓަންސްއެވެ.

ލޮސް އެންޖަލިސް ލޭކަރސް އާއި ލޮސް އެންޖަލިސް ކްލިޕަރސް ބައްދަލުކުރި މެޗު 103 ޕޮއިންޓް 87 ޕޮއިންޓުން ލޭކަރސް ކާމިޔާބު ކުރިއިރު ޑެލަސް މެވްރިކްސް އާއި އޮކްލޮހޯމާ ސިޓީ ތަންޑަރ ބައްދަލުކުރި މެޗު 120 ޕޮއިންޓް 96 ޕޮއިންޓުން ކާމިޔާބު ކޮށްފައިވަނީ މެވްރިކްސްއެވެ.

އެންމެ ފަހުގެ ޗެމްޕިއަން ނިއުޔޯކް ނިކްސް އާއި ޝިކާގޯ ބުލްސް ބައްދަލުކުރި މެޗު 133 ޕޮއިންޓް 127 ޕޮއިންޓުން ނިކްސް ކާމިޔާބު ކުރިއިރު ގޯލްޑަން ސްޓޭޓް ވޮރިއަރސް އާއި މިނެސޯޓާ ޓިމްބަރވުލްވްސް ބައްދަލުކުރި މެޗު 119 ޕޮއިންޓް 114 ޕޮއިންޓުން ކާމިޔާބު ކޮށްފައިވަނީ ވޮރިއަރސްއެވެ.