Live 129,628 stories Updated Sep 1, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

ތިނަދޫގެ އާބާދީ އޮޅުވާލި ކަމަށް ބުނާ މައްސަލާގައި ސައުދުގެ މައްޗަށް ދައުވާކޮށްފި

ގދ. ތިނަދޫއަށް ސިޓީގެ ދަރަޖަ ހޯދުމަށްޓަކައި އެރަށުގެ އާބާދީ އޮޅުވާލި ކަމަށް ބުނާ މައްސަލާގައި އެ ސިޓީގެ މޭޔަރު ސައުދު އަލީގެ މައްޗަށް ޖިނާއީ ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކޯޓަށް ފޮނުވައިފި އެވެ.

ސަލާހަށް ނިސްބަތްކޮށް ތުރުކީގެ މަގަކަށް ނަން ދެނީ

މިފަހަރުގެ ޓްރާންސްފާ ބާޒާރުގައި ތުރުކީގެ ޓްރެބްޒޮންސްޕޯއަށް ބަދަލުވި މިސްރުގެ ތަރި މުހައްމަދު ސަލާހު، އެ ސިޓީގައި ދިރިއުޅޭ ގެ ހުންނަ މަގަށް އޭނާގެ ނަމުން ނަންދިނުމަށް ކައުންސިލުން ނިންމައިފި އެވެ.

އެހެން ގޮތެއް ނެތިގެން ނޫނީ ކައުންސިލްތަކުގެ ބިންތައް ވަކިކުރާކަށް ބޭނުމެއް ނޫން: ރައީސް

ތަރައްގީގެ މަޝްރޫއުތައް ހިންގަން ލޯކައުލް ކައުންސިލްތަކުގެ އިހުތިސާސްގެ ތެރޭގައި ހުންނަ ބިންތައް ވަކިކުރުމަކީ އެހެން ގޮތެއް ނެތިގެން ނޫނީ ސަރުކާރުން ކުރަން ބޭނުންވާ ކަމެއް ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ސުލްހައިގެ އެއްބަސްވުމަށް އެމެރިކާ ރުޖޫއަވެއްޖެ ނަމަ އީރާނުން ވެސް ވާނެ: ޕެޒެޝްކިއަން

ހަނގުރާމަ ނިމުމަކަށް ގެނައުމަށް ޖޫން މަހު ހެދި އެއްބަސްވުމަށް އެމެރިކާއިން އަލުން އަމަލުކުރަން ފަށައިފި ނަމަ، އީރާނުން ވެސް "ވަގުތުން" އެއަށް އަމަލުކުރަން ފަށާނެ ކަމަށް އީރާނުގެ ރައީސް މައްސޫދު ޕެޒެޝްކިއަން އަންގާރަ ދުވަހު ވިދާޅުވެއްޖެ އެވެ.

މަގުތަކާއި އިމާރާތްތަކުގެ ސަލާމަތާ ގުޅޭ ކަންކަމަށް އާންމުންގެ ހޭލުންތެރިކަން އިތުރުކުރަންޖެހޭ: ރައީސް

މަގުމައްޗާއި އިމާރާތްތަކުގެ ސަލާމަތާ ގުޅޭ ކަންކަމަށް އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ކަމާބެހޭ އިދާރާތަކުން ހާއްސަ އިސްކަމެއް ދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ގޮވާލައްވައިފި އެވެ.

މަސްދޯނިފަހަރަށް ތެޔޮ ސަބްސިޑީ ދެން ލިބޭނީ ޕޯޓަލްގައި ރަޖިސްޓަރީ ކޮށްގެން

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ތެޔޮ އަގުބޮޑުވުމުން، މަސްދޯނިފަހަރަށް ދޭން ފެށި ސަބްސިޑީ ހޯދަން ފިޝަރީޒް މިނިސްޓްރީގެ "ފަހިހަކަތަ ޕޯޓަލް" މެދުވެރިކޮށް މަސްދޯނިފަހަރު ރަޖިސްޓަރީ ކުރަންޖެހޭ ގޮތަށް އުސޫލު ބަދަލުކޮށްފި އެވެ.

ޒީވާގެ ވަކިވުން: އާފިޔާ ހިއްސާކުރީ އެކުގައި ހޭދަކުރި ވަގުތުކޮޅު

ކެއާ ސޮސައިޓީގެ ކުރީގެ ހިންގުންތެރިޔާ ފާތިމަތު އާފިޔާ ހުންނެވީ ނުވަ އަހަރުގެ ޒީވާ އަހްމަދު ސިނާންއާ އަލުން ބައްދަލުވުމުގެ އުއްމީދުގަ އެވެ. އެކަމަކު އެ ފުރުސަތު ނުލިބި ޒީވާ ނިޔާވި ހަބަރުން އޭނާއަށް ލިބިވަޑައިގަތީ ޝޮކެކެވެ. ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވެ ފަރުވާ ދެނިކޮށް ޒީވާ ނިޔާވީ މިއ…

މައިމޫންގެ ބަންދަށް ފަސް ދުވަސް އިތުރުކޮށްފި

ފުލުހުންގެ ދައުރު އަދާކުރަން ހުރަސްއެޅިކަމުގެ ތުހުމަތުގައި ރޭ ހައްޔަރުކުރި އެމްޑީޕީ ގައުމީ މަޖިލީހުގެ މެމްބަރު އަހުމަދު މައިމޫން މުހައްމަދު ބަންދަށް ފަސް ދުވަސް ކޯޓުން އިތުރުކޮށްފި އެވެ.

Loading fresh headlines…