ކުޑަކުދިންގެ ކަރާމާތަށް އުނިކަން ލިބޭ ފަދަ ކޮންޓެންޓްތައް އާންމު ނުކުރަން މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން މިއަދު އިލްތިމާސްކޮށްފި އެވެ.

އެ ކޮމިޝަނުން ސޯޝަލް މީޑިއާގައި އާއްމުކުރި ޕޯސްޓެއްގައި ބުނީ ކުދިންގެ ކަރާމާތަށް އުނިކަން އަންނަ ކޮންޓެންޓް އާންމު ކުރުމަކީ ބްރޯޑްކާސްޓަރުންނާއި މީޑިއާގައި މަސައްކަތްކުރާ މީހުންނާއި ނޫސްވެރިކަމުގެ ސުލޫކީ މިންގަނޑާ ހިލާފް ކަމެއް ކަމަށެވެ.

އެހެންވެ، އެ ޕޯސްޓްތައް ދައުުރު ނުކުރުމާއި އަދި ބްރޯޑްކާސްޓަރުންނާއި މީޑިއާގައި މަސައްކަތްކުރާ މީހުންނާއި ނޫސްވެރިންގެ ސުލޫކީ މިންގަނޑާ އެއްގޮތަށް އަމަލުކޮށް، ފުލުހުންނަށް އެއްބާރުލުން ދިނުމަށް މީޑިއާ ކޮމިޝަނުން ވަނީ އެދިފަ އެވެ. 

ކުޑަކުދިންގެ ކަރާމާތް ގެއްލޭ ކޮންޓެންޓު ނުދައްކަން ކަމާގުޅޭ އިދާރާއިން އެދުނުއިރު، ހުޅުމާލޭގެ އިމާރާތަކުން ކުއްޖަކު ވެއްޓުނު ހާދިސާގެ ފޮޓޯ އާއި ވީޑިއޯ ސޯޝަލް މީޑިއާގައި އާއްމުކުރި މައްސަލައެއް ދާދިފަހުން ފެންމަތިވި އެވެ.