Live 359,290 stories Updated Aug 24, 2026
Browse topics All stories

Latest stories

Live feed

ރުފިޔާގެ ޑިމާންޑް މަތިކުރަން މުސާރަތައް ވެސް ރުފިޔާއިން ދޭ ގޮތަށް ބަދަލުކުރަން ޖެހޭ: މުނައްވަރު

ރާއްޖޭގައި ޑޮލަރުގެ ތާށިކަން ހައްލުކުރަން މަސައްކަތް ކުރަމުން އަންނަ މި ދަނޑިވަޅުގައި، ދިވެހި ފައިސާގެ ޑިމާންޑް މަތިކުރުމަށް މުސާރަތައް ވެސް ރުފިޔާއިން ދޭ ގޮތަށް ބަދަލުކުރަން ޖެހޭ ކަމަށް އެމްއެމްއޭގެ ގަވަރުނަރު އަހްމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެ އެވެ.

ދަރަނި ދެއްކުމަށް 1.3 ބިލިޔަން ޑޮލަރު، ފާއިތުވި 2 ސަރުކާރަށްވުރެ އިތުރު

މި ސަރުކާރުން މިހާތަނަށް ދަރަނި ދެއްކުމަށް ޑޮލަރުން ޚަރަދުކޮށްފައިވާ އަދަދު ފާއިތުވި 2 ސަރުކާރަށްވުރެ އިތުރުކަމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާބެހޭ ވަޒީރު ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ …

ޑޮލަރާ ގުޅޭ ގޮތުން ރާއްޖެޓީވީން ކުރި ސުވާލުތަކުގެ ޖަވާބު ދޭން ނޭނގި މައުޟޫއު އޮޅުވާލައިފި

ޑޮލަރުގެ މައްސަލައާ ގުޅޭގޮތުން ރާއްޖެޓީވީން ދެންނެވި ސުވާލުތަކާ ގުޅިގެން ސީދާ ޖަވާބެއް ނުދެއްވި، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް، މުހައްމަދު ސައީދު މުޅި މައުޟޫއު އެހެން ދިމާލަކަށް އަނބުރާލައްވައިފި އެވެ.

"ބޭނުންވަނީ މައުލޫމާތަށް އެދުމުގެ ކުރިން ހާމަކޮށްފައި ހުރިކަން ޔަގީންކުރަން"

އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމާ ހަވާލުވެވަޑައިގެންނެވުމަށްފަހު ބޭނުންފުޅުވަނީ މައުލޫމާތު ހޯދަން އެދުމުގެ ކުރިން މައުލޫމާތު ހާމަކޮށްފައި ހުރިކަން ޔަގީންކުރަން ކަމަށް ޢަބްދުލްޢަޒީޒު ޖަމާލް އަބޫބަކުރު ވިދާޅުވެއްޖެއެވެ. ޢަބްދުލްޢަޒީޒު މިހެން ވިދާޅުވީ އިންފޮމޭޝަން ކޮމިޝަނަރަކަށް އޭނާ އައްޔަން ކުރެއްވު…

ރަޝިއާއިން އިތުރު 300,000 ސިފައިން ނެރެން ތައްޔާރު ވަނީ

ޔޫކްރެއިންގެ އިރުމަތީ ސަރަޙައްދު އެއްކޮށް ހިފުމުގެ ބޭނުމުގައި، މި އަހަރުގެ ފަހުކޮޅު ރަޝިއާއިން އިތުރު 300،000 ސިފައިން ނެރުމުގެ ފުރުޞަތު ބޮޑު ކަމުގައި ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވީ، މި އަހަރުގެ ތެރޭގައި ރަޝިޔާގެ 267,000 ސިފައިން މަރުވެ، ނުވަތަ ގެއްލިފައިވާ…

ގަވާއިދާއި ހިލާފަށް މަނީ އެކްސްޗޭންޖް ކުރާ 7 ފަރާތެއް، ކަޅުބާޒާރަށް 76 މިލިޔަން ޑޮލަރު

ގާނޫނާއި ގަވާއިދާއި ހިލާފަށް މަނީ އެކްސްޗޭންޖްކުރާ 7 ފަރާތްތެއް މި ވަގުތު އެބަތިބި ކަމަށާއި މިދިޔަ 9 މަސް ދުވަހުގެ ތެރޭގައި 76 މިލިޔަން ޑޮލަރު ކަޅު ބާޒާރަށް ވިއްކާފައިވާ ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި، ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ކަޅުބާޒާރުން ސަރުކާރުގެ ކުންފުނިތަކުން ޑޮލަރު ގަންނަމުންދާ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައި ވަނިކޮށް، އެއީ މަނީލޯންޑަރިންގ ކަމަށް ހޯމް މިނިސްޓަރު އިހުސާން ވިދާޅުވެއްޖެ

ކަޅުބާޒާރުން ސަރުކާރުގެ ކުންފުނިތަކުން ޑޮލަރު ގަންނަމުންދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނިކޮށް، އެއީ މަނީލޯންޑަރިންގ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

އާރްޓީއައި ގާނޫނު ހެދީ އަޅުގަނޑު ހުރެގެން، މަސައްކަތްކުރީ ގާނޫނުގެ ނިޔަތާ އެއްގޮތަށް: އަޒީޒް ޖަމާލް

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނު ހެދުމުގެ މަސައްކަތުގައި ބޮޑު ދައުރެއް އަދާކުރެއްވި ކަމަށާއި އިންފޮމޭޝަން ކޮމިޝަނަރަކަށް ކުރިން ހުންނެވި އިރު މަސައްކަތް ކުރައްވާފައި ވާނީ "ގާނޫނުގެ ނިޔަތާ އެއްގޮތަށް" ކަމަށް އެ މަގާމަށް އަލުން އައްޔަން ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ …

އެހެން ގައުމުތައް ތެލަށް ޖެހުނުއިރު، ރާއްޖެ ސަލާމަތްކުރީ ސަރުކާރުގެ ފަރުވާތެރިކަމުން: ވަޒީރު ސައީދު

މެދުއިރުމަތީ ހަނގުރާމައިގައި އެހެން ގައުމުތައް ތެލަށް ޖެހުނުއިރު، ރާއްޖެ ސަލާމަތްކުރީ ސަރުކާރުގެ ފަރުވާތެރިކަމުންކަމަށް އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

Loading fresh headlines…