އަލިފާން ރޯވީ ދޫގަސްވިލާގައި، ޖެހިގެން ހުރި ގެއަށް ވެސް ގެއްލުންވެ 41 މީހަކަށް އެހީވަނީ
ގޭސްފުޅިއެއް ގޮވައި ރޭ ފަތިހު އަލިފާނުގެ ހާދިސާ އެންމެ ފުރަތަމަ ހިނގީ މއ. ދޫގަސްވިލާގައި ކަމަށާއި ޖެހިގެން ހުރި އިމާރާތަށް ވެސް އެ ހާދިސާގައި ގެއްލުންވެ، 26 މީހަކަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ބުނެފި އެވެ.