Live 359,290 stories Updated Aug 24, 2026
Browse topics All stories

Latest stories

Live feed

އެމް.ޑަބްލިޔު.އެސް.ސީ އިން ފަލާހުގެ އަތުން ބާ ބޯޓެއް ގަތް ވާހަކަ އަކީ ދޮގެއް: ފަހުމީ

މާލެ ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ، (އެމް.ޑަބްލިޔު.އެސް.ސީ) އިން ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރ އަދި ޕީއެންސީގެ ޕީޖީ ލީޑަރ އިބްރާހީމް ފަލާހުގެ އަތުން 900،000 ދިވެހި ރުފިޔާގެ އަގުހުރި ބޯޓެއް 17 މިލިއަން ރުފިޔާއަށް ގަނެފައިވާ ކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށް އ…

ކޮންކާކަފާ ދެކޮޅަށް ކެރީބިއަން ޔޫނިއަނުން އިންފަންޓީނޯއަށް ހޫނު މަރުހަބާއެއް

ޑޮމިނިކަން ރިޕްބްލިކްގައި ފެށި، ޔޫތު ފުޓްބޯޅަ މުބާރާތާ ކައިރި ވެސް ނުވާން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް އެންގިނަމަވެސް، އެ ގައުމުން އޭނާ އަށް ހޫނު މަރުހަބާއެއް ކިޔައިފި އެވެ.

އިނގިރޭސި ބަސް މާނައާއެކު ތަރުޖަމާކޮށްފައިވާ އެންމެ ބޮޑު ދިވެހި ފޮތް ނެރެފި

ޑރ.ޙަސަން ޙަމީދު ލިޔުއްވާފައިވާ އިނގިރޭސި-ދިވެހި ބަސްފޮތް، ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ނެރެދެއްވައިފިއެވެ. މި ފޮތަކީ، އިނގިރޭސި ބަސްތައް އޭގެމާނައާއެކު ދިވެހި ބަހަށް ތަރުޖަމާކޮށް ލިޔުއްވާފައިވާ 120،000 ބަހުގެ ތަރުޖަމާއެކެވެ. މި ފޮތުގައި 1992 ސަފުޙާ އެކުލެވިގެންވެއެވެ. އެގޮތުން އިނގިރޭ…

ހުއްދަ ނުނަގާ ފައިސާ މާރުކުރާ ހަތް ތަނަކުން 9 މަސް ދުވަސް ތެރޭ 77 މިލިއަން ޑޮލަރު މާރުކުރި

ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ނެތި އެކަން ކުރާ ހަތް ތަނެއް ބެލިއިރު، މިދިޔަ ނުވަ މަސްދުވަހުގެ ތެރޭގައި އެ ތަންތަނުން ކަޅު ބާޒާރުގައި 77 މިލިއަން ޑޮލަރު ވިއްކާފައިވާކަން އެނގޭ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.

ޒަރޫރީ މުދާ އެތެރެކުރާ ފަރާތްތަކަށް ޑޮލަރު ފޯރުކޮށްދޭ ވެރިފިކޭޝަން ނިޒާމެއް

ޒަރޫރީ މުދާ އެތެރެކުރާ ފަރާތްތަކަށް ޑޮލަރު ފޯރުކޮށްދިނުމަށް ކަސްޓަމްސްއާ ގުޅިގެން ވެރިފިކޭޝަން ނިޒާމެއް ހަދަމުންދާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން ވިދާޅުވެއްޖެއެވެ. މި މަސައްކަތަކީ އެމްއެމްއޭގެ ފޮރިން އެކްސްޗޭންޖް އިންޓަރވެންޝަން ސިޔާސަތުގެ ދަށުން ބޭންކުތަކަށް ވިއްކާ ބޭރު ފައިސާ…

ރިސޯޓުތަކުން މީހުން އުޅޭ ރަށްރަށަށް ކުނި ގެންދިއުމަށް އޮތް ގާނޫނީ ހުރަސް ނައްތާލައިފި، ހުއްދަ އޮވެގެން ރާއްޖޭގައި ނުރައްކާތެރި ކުނި ވިއްކޭނެ މަގު ތަނަވަސްކޮށްދީފި

ރިސޯޓުތަކާއި އިންޑަސްޓްރިއަލް ރަށްތަކުން މީހުން އުޅޭ ރަށްރަށަށް ކުނި ގެނައުމަށް އޮތް ގާނޫނީ ހުރަސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ގާނޫނަށް ގެނައި ބަދަލާ އެކު ނައްތާލައިފި އެވެ.

Loading fresh headlines…