Live 359,278 stories Updated Aug 26, 2026
Browse topics All stories

Latest stories

Live feed

ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންގެ މުސާރައާއި ސަރވިސް ޗާޖު ރުފިޔާއަށް ބަދަލުކުރުމަށް މަޖުބޫރުވާ ގޮތަށް ކުރާ މަސައްކަތްތައް ހުއްޓާލުމަށް ގޮވާލައިފި

ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންގެ މުސާރަ އާއި ސަރވިސް ޗާޖު ދިވެހި ރުފިޔާއަށް ބަދަލުކުރުމަށް މަޖުބޫރުވާ ގޮތަށް ސަރުކާރުން ކުރަމުންދާ އެންމެހައި މަސައްކަތްތައް ހުއްޓާލުމަށް ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން ގޮވާލައިފި އެވެ.

ރިސޯޓުތަކަށް ލިބޭ އާމްދަނީގެ 40 އިންސައްތަ މާރުކުރާ އިސްލާހު މަޖިލީހުން ބޭރުކޮށްލައިފި

ރިސޯޓުތަކަށް ލިބޭ ޖުމްލަ އާމްދަނީގެ 40 އިންސައްތަ މޯލްޑިވްސް މަނިޓަރީ އޮތިރިޓީ (އެމްއެމްއޭ) އަށް މާރުކުރަން މަޖުބޫރުވާ ގޮތަށް ގާނޫނު އިސްލާހުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ ބޭރުކޮށްލައިފިއެވެ.

ޤާނޫނެއްގައި އަކުރެއް ލިޔެގެން ރާއްޖޭގެ އިގުތިސާދަށް އަންނަ ބަދަލުތައް ހައްލުކުރެވޭކަށް ނެތް: މީކާއިލް

ޤާނޫނެއްގައި އަކުރެއް ލިޔެގެން ރާއްޖޭގެ އިގުތިސާދަށް އަންނަ ބަދަލުތައް، އަދި ކަޅުބާޒާރުގައި ޑޮލަރު ވިއްކާ މައްސަލަ ހައްލު ކުރެވޭކަށް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ މާރުކުރާތީ ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި

ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، (އެމްއެމްއޭ) މެދުވެރިކޮށް މާރުކުރަން މަޖުބޫރު ކުރަން ސަރުކާރުން ނިންމާފައިވާ ނިންމުމަކީ ރާއްޖޭގެ މުޅި އިގްތިސާދަށް އޭގެ ނޭދެވޭ އަސަރުކުރާނެ ނިންމުމަކަށް ވާތީ ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަނެ، އެ މައްސަލަ ބޭރު…

ޕްރިމިއަރ ލީގުގެ މޮޅު ކުޅުންތެރިއަކީ ބުރޫނޯ ފެނާންޑޭޒް

ޕްރެފެޝަނަލް ފުޓްބޯލް އެސޯސިއޭޝަނުން ހޮވި އިނގިރޭސި ޕްރެމިއާ ލީގުގެ ހުސްވި ސީޒަނުގެ މޮޅު ކުޅުންތެރިއަކަށް މެންޗެސްޓާ ޔުނައިޓެޑްގެ ކެޕްޓަން ބުރޫނޯ ފެނާންޑޭޒް ހޮވައިފި އެވެ. މިދިޔަ ސީޒަނުގައި ލީގުގެ ތިން ވަނަ ޔުނައިޓެޑަށް ހޯދައިދޭން މޮޅަށް ކުޅުނު އުމުރުން 31 އަހަރުގެ މިޑްފީލްޑަރު ވަނީ 21 ފަހަރު ލަނ…

"އެޗްއާރްސީއެމްގެ މެންބަރުކަމަށް ކޮމިޓީން މާކްސް ދިންއިރު، އިންސާނީ ހައްޤުގެ ދާއިރާއިން ކިޔެވި ފަރާތަށްވުރެ މިއުޒިކްގެ ދާއިރާއިން ކިޔެވި ފަރާތަށް ލިބުނު މާކްސް ގިނަ"

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) ގެ ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް މީހަކު އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން މާކްސް ދިން ގޮތާ މެދު ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓެ) ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކ…

Loading fresh headlines…