ޚަތީބުންނާއި އިމާމުންގެ އައު ޖީލެއް، ޒަމާންވީ ބޮޑު މައްސަލައަކަށް ޙައްލެއް
އިމާމުންނާއި ޚަތީބުންގެ ޖީލެއް ބިނާ ނުކުރެވިއްޖެނަމަ ޤައުމަށް ބޮޑު ހުސްކަމެއް އަންނާނެ ޙާލަތަށް ގޮސްފައިވާކަމަށް އިސްލާމީ ކަންތައްތަކާ އައުޤާފާ ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް އަލީ ޞަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު ވިދާޅުވީ، މި ދާއިރާގައި މަސައްކަތްކުރާ ބޮޑު އާބާދީއަކީ ދުވަސްވީ އާބާދީއެއްކަމަށެވެ. ޒ…