ރާއްޖެ އަށް މިހާރު ކުރަމުން އަންނަ ވިއްސާރައިގައި، ބ. އަތޮޅުން ފެށިގެން ދ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފި އެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާ އިން ބުނެފައި ވަނީ، ބ. އަތޮޅުން ފެށިގެން ދ. އަތޮޅަށް ހުދު ސަމާލު ނެރެފައި ވަނީ އާދީއްތަ ދުވަހުގެ އިރުއޮއްސި 18:00 އިން ފެށިގެން، އާދީއްތަ ދުވަހުގެރޭ ދަންވަރު 1:00 އަށް ކަމަށެވެ.

މީގެ އިތުރުން ގަޑިއަކު 19 މޭލާއި 23 މޭލާ ދެމެދުގެ ބާރު މިނެއްގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. 

ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުކަން ދިނުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.