Live 359,121 stories Updated Sep 14, 2026
Browse topics All stories

Latest stories

Live feed

ހަނގުރާމައިގެ ހާލަތު ބަދަލުކުރަން އީރާން-ޔޫއޭއީ އެއްބަސްވެއްޖެ: އީރާންގެ ރައީސް

މެދުއިރުމަތީގެ ހަނގުރާމައާ އެކު ގުޅުން ގޯސްވެފައިވާ އީރާނާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން، ދެ ގައުމުގެ ގުޅުމުގައި އާ ސަފުހާއެއް ފަށަން ބޭނުންވާ ކަމަށް އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން އިއްޔެ ވިދާޅުވެއްޖެ އެވެ.

ސިޔާސީ ބާރުވެރިކަން ބައްޕަގެ ފަރާތުން ދަރިންނަށް ވާރުތަވުން ނިމެންވެއްޖެ: ލަންކާގެ ރައީސް

ސްރީ ލަންކާގައި ސިޔާސީ ބާރުވެރިކަން ބައްޕަގެ ކިބައިން ދަރިފުޅަށް ވާރުތަވާ އުސޫލު ނިމުމަކަށް ގެނެސް، ގައުމުގެ ސިޔާސީ ސަގާފަތަށް ބޮޑު ބަދަލެއް ގެންނަން ޖެހޭ ކަމަށް ވިދާޅުވެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ އާއިލާއަށް އެ ގައުމުގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކަ ވިދާޅުވެއްޖެ އެވެ.

ބްރިކްސް ސަމިޓްގެ ފަރިއްކޮޅުގައި މަސް ނެތުމުން، އިންޑިއާގައި ސިޔާސީ އަރާރުމެއް

އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ބޭއްވި ބްރިކްސް ސަމިޓްގެ ގާލާ ޑިނާގައި ހަމައެކަނި ވެޖިޓޭރިއަން (މަހުގެ ބާވަތްތައް ނުހިމެނޭ) ކާނާ ސާވްކޮށްފައި ވާތީ ސިޔާސީ އަރާރުމަކަށް އެކަން ވެއްޖެ އެވެ.

ބިސް ބުރަށް ގައުމީ ޖޯޒީ ދިނީ އެހެން ގޮތެއް ނެތިގެން: އެފްއޭއެމް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ބިސް ބުރު ސްޕޯޓްސް ކްލަބާއި ކްލަބް އީގަލްސް ބައްދަލުކުރި މެޗުގައި ބިސް ބުރުން ގައުމީ ޓީމުގެ ކިޓެއް ބޭނުންކުރީ އެވަގުތު އެހެން ގޮތެއް ނެތުމުން ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފިއެވެ.

Loading fresh headlines…