ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް މެއިންޓެނަންސް ތަމްރީނަށް ދިވެހި ރާއްޖޭގެ ޓެކްނިކަލް ޓީމެއް ޗައިނާއަށް ފުރައިފިއެވެ.

މި ހިނގާ ސެޕްޓެމްބަރ 15 އިން 26 އަށް ޗައިނާގައި ބާއްވާ ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް މެއިންޓެނަންސް އަދި މަރާމާތުގެ ތަމްރީނަށް މޯލްޑިވްސް ޓެކްނިކަލް ޓީމެއް ބައިވެރިވާނެ ކަމަށްް ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ.

މި ތަމްރީނަށް ކުރިއަށް ގެންދަނީ ޑިރެކްޓަރ ޖެނެރަލް އިސްމާޢީލް ޝަފީއީ އިސްކޮށް ކުރިޔަށް ގެންދާ ޓެކްނިކަލް ޓީމާއެކުގައެވެ. ހައުސިން މިނިސްޓްރީން ބުނީ، ބްރިޖް މެއިންޓެނަންސް އަދި މަރާމާތުގެ މަސައްކަތްތަކުގައި ފަންނީ ތަޖުރިބާ އަދި ހުނަރު ބިނާކުރުމަކީ މި ތަމްރީނުގެ މައި މަގްސަދު ކަމަށެވެ.

މީގެ އިތުރުން ހައުސިން މިނިސްޓްރީން ބުނީ، މޯލްޑިވްސްގެ ކެޕޭސިޓީ ބިލްޑިންގަށް ޗައިނާއިން ދެމުންގެންދާ އެހީ އަކީ ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ އެކުވެރި ކަމުގެ ހެއްކެއް ކަމަށެވެ.

ދިވެހިރާއްޖެއާ ޗައިނާއާއި ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 14 އޮކްޓޫބަރ 1972 ގައެވެ.