Live 359,059 stories Updated Sep 27, 2026
Browse topics All stories

Latest stories

Live feed

ޓްރެފިކް މޮނީޓަރސް ޕްރޮގްރާމް ކުރިއަށްދާ ގޮތް މިނިސްޓަރު ބައްލަވާލައްވައިފި

ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން، އިމާދުއްދީން ސްކޫލަށް ޒިޔާރަތްކުރައްވައި، ދިވެހި ފުލުހުންގެ ޚިދުމަތުން އެ ސްކޫލުގައި ކުރިއަށްގެންދާ ޓްރެފިކް މޮނީޓަރސް ޕްރޮގްރާމްގެ ހަރަކާތްތައް ބައްލަވާލައްވައިފިއެވެ.

ސިޓީއަށް ދޭން ޖެހޭނީ ބޮޑު އަދި ވަރުގަދަ އަދަބެއް: ކުރީގެ ޗެއާމަން

ޕްރިމިއާ ލީގުގެ މާލީ ގަވާއިދުތަކާ ހިލާފުވެފައިވާކަން، މެންޗެސްޓާ ސިޓީފެ މައްޗަށް ސާބިތުވެއްޖެނަމަ، ދޭން ޖެހޭނީ ބޮޑު އަދި ވަރުގަދަ އަދަބެއްކަމަށް އެ ކްލަބްގެ ކުރީގެ ޗެއާމަން ޑޭވިޑް ބާންސްޓީން ބުނެފި އެވެ.

ބ. ގޮއިދޫގައި ބޭނުން ކުރަމުންދަނީ ގަދީމީ އިންޖީނުގެއެއް، އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ބޮޑެތި އުނދަގޫތަކަކާ ކުރިމަތިލާންޖެހޭ: ކައުންސިލްގެ ކުރީގެ ރައީސް

ބ. ގޮއިދޫގައި ބޭނުންކުރަމުންދާ އިންޖީނުގެއަކީ ގަދީމީ އިންޖީނުގެ އެއް ކަމަށާއި، އޭގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ބޮޑެތި އުނދަގޫތަކަކާ ކުރިމަތިލާންޖެހިފައިވާ ކަމަށް އެ ރަށު ކައުންސިލްގެ ކުރީގެ ރައީސް މުހައްމަދު ޝިޔާން ވިދާޅުވެއްޖެ އެވެ.

"ފަތުރުވެރިކަމުގެ އައު ހުނަރުތައް ކުރިއެރުވަން އިންވެސްޓްކުރުމަށް ފުރުސަތު އޮންނާނެ"

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް އައު ހުނަރުތައް ތަރައްޤީކުރުމަށް އިސްކަންދެއްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. ދުނިޔޭގެ ފަތުރުވ…

"ރައީސަކު ވެރިކަމަށް ގެނައުމަށް ނުކުރާހާ މަސައްކަތް މުއިއްޒު ވެރިކަމަށް ގެނައުމަށް ކުރެވުނު، މިހާ އަވަހަށް ތާއީދު ގެއްލުނު ވެރިއަކުވެސް ނެތް"

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ގެނައުމަށްޓަކައި ވަރަށް ބުރަކޮށް މަސައްކަތް ކުރެއްވި ކަމަށާއި، ނަމަވެސް މިއަދު ރައީސް މުއިއްޒުގެ ސަރުކާރަށް އޮތް ތާއީދު މުޅިން ގެއްލިފައިވާކަމަށް ފ. އަތޮޅުގެ ކުރީގެ އަތޮޅުވެރިޔާ، އަދި ނިލަންދޫ ކައުންސިލް ރައީސްކަން ވެސް ކުރައްވާފައިވާ މުހައްމަދު ޖަލީލް ވިދާޅ…

ސިނަމާލެ ބްރިޖުން ހިނގާފައި ހުޅުލެ އާއި ހުޅުމާލެއަށް ދާ މީހުންނަށް ފިޔަވަޅު އަޅަނީ

ސިނަމާލޭ ބްރިޖު ހުރަސްކޮށް ހިނގާފައި ހުޅުލެ އާއި ހުޅުމާލެ ދިއުމަކީ މަނާ ކަމެއްކަން ހަނދާންކޮށްދީ އެކަން އެގޮތަށް ކުރާ ނަމަ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ފުލުހުން ދީފި އެވެ.

ރައީސް މުއިއްޒުއަކަށް ތާއީދެއް ނެތް، މާތްﷲ އަށް ތެދުވެރިނުވި މީހަކު ރައްޔިތުންނަކަށް ވެސް ތެދުވެރިއެއް ނުވާނެ: ޖަލީލް

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ގެންނެވުމަށް ބުރަ މަސައްކަތްތަކެއް ކުރެއްވި ނަމަވެސް، މިހާރު އެ ރައީސަށް އޮތް ތާއީދު ގެއްލިފައިވާ ކަމަށާއި، މާތްﷲ އަށް ތެދުވެރިނުވި މީހަކު ރައްޔިތުންނަށް ވެސް ތެދުވެރި ނުވާނެކަމަށް ފ. އަތޮޅުގެ ކުރީގެ އަތޮޅުވެރިޔާ އަދި ނިލަންދޫ ކައުންސިލް ރައީސްކަން ވެސް ކުރަ…

Loading fresh headlines…