Live 359,056 stories Updated Oct 4, 2026
Browse topics All stories

Latest stories

Live feed

މީދޫގައި ތަރައްގީ ކުރާ މޫދަށް އެރޭ ސަރަހައްދު: އިންތިޚާބުގެ ފަހުން އަމަލީ މަސައްކަތްތައް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުދޭ، މިހާރު ހައިމާކު އެއޮތީ ރާއްޖެޓީވީގެ ޓީމު އެ ރަށަށް އަންނަ ޚަބަރު ލިބުމާ ގުޅިގެން!

ދ. މީދޫގައި ތަރައްގީ ކުރަމުންދާ މޫދަށް އެރޭ ސަރަހައްދުގެ އަމަލީ މަސައްކަތް އެކަށީގެންވާ ގޮތެއްގައި ކުރިއަށްނުދާ ކަމަށާއި، މިހާރު އެސަރަހައްދުގައި ހައިމާކު އެއޮތީ ރާއްޖެޓީވީގެ ޓީމު އެ ރަށަށް އަންނަ ޚަބަރު ލިބުމާ ގުޅިގެން ކަމަށް އެ ރަށު ކައުންސިލްގެ ކުރީގެ ރައީސް މުހައްމަދު ޝާހިދު ވިދާޅުވެއްޖެ އެވެ.

ފިތުނަ އުފެދޭ ކަންކަމުން މީޑިއާތައް ދުރުހެލިވުމަށް އެމްއެމްބީސީން އިލްތިމާސްކޮށްފި

ދޮގު މައުލޫމާތާއި ފިތުނަ އުފެދޭ ކަހަލަ ކަންކަމުން މީޑިއާތައް ދުރުހެލިވުމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ) އިން މިއަދު އިލްތިމާސްކޮށްފި އެވެ.

ފަލަމަސްގަނޑުގައި ތަތްކޮށްގެން ޑްރަގް ގެންދަން އުޅުނު މީހަކު 50 އަހަރަށް ޖަލަށް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ގއ. ކޫއްޑުއަށް ފުރަންދިޔައިރު ދެ ފައިގެ ފަލަމަސްގަނޑުގައި ޑަކްޓް ޓޭޕް އަޅައި އޭގެ ތެރޭގައި ޑްރަގް ގެންދަން އުޅުނު މައްސަލައެއްގައި ހައްޔަރުކުރި މީހަކު 50 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި އެވެ.

އިންޓަރ-ޕާލިމެންޓަރީ ޔޫނިއަންގެ 153 ވަނަ އެސެމްބްލީގައި މަޖިލީހުގެ ރައީސް ވާހަކަފުޅު ދައްކަވަނީ

މިމަހުގެ 5 އިން 9 އަށް ކުރިއަށްދާ އިންޓަރ-ޕާލިމެންޓަރީ ޔޫނިއަންގެ 153 ވަނަ އެސެމްބްލީގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވާހަކަފުޅު ދައްކަވާނެ ކަމަށް މަޖިލީހުގެ އިދާރާ އިން ބުނެފި އެވެ.

އަފީފްގެ ފުރިހަމަ ތާއީދު، 10 ރިސޯޓުގެ ފައިދާ ރައްޔިތުންނަށް

ކޮންމެ ދިވެއްސަކަށް ފައިދާ ބަހާގޮތަށް ސަރުކާރުން 10 ރިސޯޓު ހެދުމަކީ، އަނެއްކާވެސް ރާއްޖޭގެ ޓޫރިޒަމަށް އަންނާނެ ބޮޑު ބަދަލެއްގެ ގޮތުގައި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީގެ ޗެއަރމަން އަދި ފަތުރުވެރިކަމުގެ ދާއިރާގެ އިސްބޭފުޅެއް ކަމަށްވާ ހުސައިން އަފީފު ސިފަކުރައްވައި، އެ މަޝްރޫއަށް ފު…

ހަނގުރާމައިގައި ބައިވެރިވާ މަނަވަރެއް ތައިލޭންޑަށް، ފަޅުވެރިން އެއްގަމަށް ފައިބާނެ

އެމެރިކާއިން އީރާނާ ދެކޮޅަށް ފަށާފައިވާ ޣައިރުޤާނޫނީ ހަނގުރާމައިގައި ބައިވެރިވުމަށް މެދުއިރުމަތީގައި ހަރަކާތްތެރިވުމަށް ފަހު، އެމެރިކާގެ އަސްކަރީ މަތިންދާބޯޓު އުފުލާ މަނަވަރު ކަމަށްވާ 'ޔޫއެސްއެސް ޖޯޖް އެޗް ޑަބްލިޔު ބުޝް'، ފަތުރުވެރިންގެ މެދުގައި މަޤުބޫލު ތައިލެންޑުގެ ރަށެއް ކަމުގައިވާ ފުކެޓުގައި ބަނ…

Loading fresh headlines…