ހަތް އަހަރުގެ މެދުކެނޑުމަކަށް ފަށާ އެފްއޭއެމް
އެވޯޑްސްގެ މި އަހަރުގެ ހަފުލާ އަންނަ ބުރާސްފަތި ދުވަހުގެރޭ ބާއްވަން އެފްއޭއެމުން
ނިންމައިފި އެވެ.

ގައުމީ ފުޓްބޯޅަ އެސޯސިއޭޝަނުން 2004
ވަނަ އަހަރު ތައާރަފުކުރި މި އެވޯޑްސް އެންމެ ފަހުން ބޭއްވީ 2018 ވަނަ އަހަރު
އެވެ. އަލުން ފަށަން ނިންމީ އެފްއޭއެމްގެ މިހާރުގެ ރައީސް އަހުމަދު ތޯރިގް (ޓޮމް)
ހަވާލުވެ މިދިޔަ އަހަރު އެވެ.

ކުރިއާ ހިލާފަށް މި ފަހަރު އެވޯޑްސް
ބާއްވަނީ ފުޓްބޯޅައިގެ އިތުރުން ފުޓްސަލް ވެސް ހިމެނޭހެންނެވެ.

މި ފަހަރު ހިމެނޭ އެވޯޑްތަކުގެ ތެރޭގައި
ދެ ޖިންސުން އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އާއި އެންމެ މޮޅު ބިދޭސީ
ކުޅުންތެރިޔާ އާއި އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާ ހިމެނެ އެވެ. މީގެ އިތުރުން
އެންމެ މޮޅު ކްލަބާއި، ސަރަހައްދީ އެންމެ މޮޅު ކްލަބް ހޮވާނެ އެވެ. އަދި ސަޕޯޓަރުންގެ
މެދުގައި އެންމެ މަގުބޫލު ކުޅުންތެރިޔާ ވެސް ހޮވާނެ އެވެ.

އެފްއޭއެމުން ބުނީ އަމާޒަކީ މި އެވޯޑް
މެދުވެރިކޮށް ދިވެހި ފުޓްބޯޅަ އާއި ފުޓްސަލްގެ ފެންވަރު މަތިކޮށް، ކުޅުންތެރިންގެ
މެދުގައި ވާދަވެރިކަމާއި، ހިތްވަރު އާކުރުން ކަމަށެވެ.

"މީގެ އިތުރުން ކުޅިވަރުގެ ދާއިރާގައި ހަރަކާތްތެރިވާ
ފަރާތްތަކުގެ މަސައްކަތް ބަލައިގަނެ، އެކަން ފާހަގަކުރުމަކީ ދިވެހި ކުޅިވަރު
ކުރިއެރުވުމަށް އެޅޭ މުހިއްމު ފިޔަވަޅެކެވެ،"

ސްޕޯޓްސް މިނިސްޓްރީން މި ފަހަރުން
ބޭއްވި މޯލްޑިވްސް ސްޕޯޓް އެވޯޑްސްގައި މިދިޔަ އަހަރުތަކުގައި އެންމެ މޮޅު
ފިރިހެން ފުޓްބޯޅަ ކުޅުންތެރިޔާ ހޮވި އެވެ. އެ އެވޯޑް ބޭއްވި ފުރަތަމަ އަހަރު
އެންމެ މޮޅު އަންހެން ފުޓްބޯޅަ ކުޅުންތެރިޔާ އަށް ވެސް އެވޯޑް ދިނެވެ. އެކަމަކު ފަހު
ދެ އަހަރު އެންމެ މޮޅު އަންހެން ކުޅުންތެރިޔާ ހޮވާފައެއް ނުވެ އެވެ.