ފަލަސްތީނުގެ މައްސަލަ ފެށުނީ ޒަޔަނިސްޓުންނަށް ބިން ދީގެން، ޣައިރު މުސްލިމުންނަށް ދިވެހީންގެ ބިން ދާއިމަށް ދިނުމަކީ މިފަދަ ބިރުވެރިކަމެއް: ފައްޔާޒު
ފަލަސްތީނުގެ މައްސަލަ ފެށިގެން އައީ ޒަޔަނިސްޓުންނަށް ބިންތަކެއް ދާއިމަށް ދީގެން ކަމަށާ، ޣައިރު މުސްލިމުންނަށް ރާއްޖޭގެ ބިންތައް އެފަދަ ގޮތަކަށް ދާއިމަށް ދީފިނަމަ އެއީ ނުރައްކާތެރި ކަމެއް ކަމަށް، ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.