ރާއްޖޭގެ ރިސޯޓުތަކުގެ ޖެނެރަލް މެނޭޖަރުންނާއި އިންޑަސްޓްރީގެ އިސް ފަރާތްތަކާ އެކު ބާއްވާ އެންމެ ބޮޑު ފޯރަމް، "ހޮޓެލިއާ މޯލްޑިވްސް ޖެނެރަލް މެނޭޖާސް ފޯރަމް"ގެ ސިލްވަ ސްޕޮންސަރުގެ ގޮތުގައި ވިލާ ހަކަތަ ހަމަޖައްސައިފި އެވެ. 

މިއީ އެ ފޯރަމްގެ ސިލްވަ ސްޕޮންސަރުގެ ގޮތުގައި އެ ކުންފުނިން ބައިވެރިވާ ހަ ވަނަ އަހަރެވެ.

ވިލާ ހަކަތަ އަކީ ތެލާއި، ކައްކާ ގޭހާއި ސިނާއީ އެކި ބާވަތްތަކުގެ މެޓީރިއަލް ފޯރުކޮށްދިނުމުގައި
ހަރަކާތްތެރިވާ ކުންފުންޏެކެވެ. އެ ކުންފުނީގެ މަސައްކަތްތަކުގެ ތެރޭގައި ގޭސް
ސްޓޯކުރުމާއި ރީފިލްކުރުން، ތެޔޮ ރައްކާކުރުމާއި ޑިސްޓްރިބިއުޓްކުރުމާއި ސިމެންތި ރައްކާކޮށް
ބަންދުކުރުން، އަދި ސިމެންތި ސްޓޯކުރުމާއި ޕެކިންގެ ހިދުމަތްތައް ހިމެނެ އެވެ. އެ ކުންފުނިން އަންނަނީ ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި ވެސް އެ ހިދުމަތްތައް ފޯރުކޮށްދެމުންނެވެ. 

މާދަމާ ފަށާ ޖީއެމް ފޯރަމް އޮންނާނީ ކްރޮސްރޯޑްސް މޯލްޑިވްސްގަ އެވެ. އެ ފޯރަމްގެ މިއަހަރުގެ ތީމަކީ "ރެޒިލިއަންސް އެންޑް ރީއިންވެންޝަން: ޓެލެންޓް، ޓެކްނޮލޮޖީ އެންޑް ޓްރާންސްފޯމޭޝަން" މި އެވެ. 

މި ފޯރަމްގައި
ރިސޯޓުތަކުގެ ޖެނެރަލް މެނޭޖަރުންނާއި، ވެރިންނާއި، ސީނިއާ އެކްޒެކެޓިވުންގެ
އިތުރުން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއި ދާއިރާގެ ބައިވެރިން އެއްވެ، ރާއްޖޭގެ
ޓޫރިޒަމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ކުރިއެރުމުގެ ފުރުސަތުތަކާ
ގުޅޭގޮތުން މަޝްވަރާކުރާނެ އެވެ. 

މިއީ މި ފޯރަމް ބާއްވާ 10 ވަނަ އަހަރެވެ.