Live 358,910 stories Updated Oct 7, 2026
Browse topics All stories

Latest stories

Live feed

މަސްވެރިކަމުގެ އެވޯޑުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

މަސްވެރިންގެ ދުވަހުގެ މުނާޞަބަތުގައި ހޮވާ ކެޔޮޅުންގެ އެވޯޑާއި ޚިދުމަތްތެރި ފަރުމަސްވެރިޔާގެ އެވޯޑު އަދި އަންހެން މަސްވެރިޔާގެ އެވޯޑަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މަސްވެރިންގެ ދުވަސް ރާއްޖޭގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ޑިސެންބަރު މަހުގެ 10 ވަނަ ދުވަހުއެވެ. އެދުވަހު 3 އެވޯޑެ…

ރަސްމާލެ މަޝްރޫއާ ގުޅޭ ގޮތުން މަޖިލީހުގައި ޕީއެންސީއަށް ނިސްބަތްވާ މެންބަރުންނަށް ވާހަކަދައްކަން ނުކެރޭ: މެންބަރު މައުރޫފް

ރަސްމާލެ މަޝްރޫއާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގައި ޕީއެންސީއަށް ނިސްބަތްވާ މެންބަރުންނަށް ވާހަކަދައްކަން ނުކެރޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ އެވެ.

50 ޕަސެންޓް މީހުން ފްލެޓަށް ކުލި ނުދައްކާ: ޒުހައިރު

ސޯޝަލް ހައުސިން ސްކީމްތަކުގެ ދަށުން ހުޅުމާލެއިން ދޫކޮށްފައިވާ ފްލެޓްތަކުގެ ތެރެއިން 50 ޕަސެންޓް ފްލެޓަށް ކުލި ނުދައްކާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު ވިދާޅުވެއްޖެ އެވެ.

ގަދަބަސް ބުނެފައި ކުރި އެއްވެސް ކަމަކުން ރަނގަޅު ނަތީޖާއެއް ނުނިކުތްތަނުގައި، މިސަރުކާރުން ދަނީ އިތުރަށް ރައްޔިތުން ރުޅި އަރުވަމުން: ގާލިބު

މިސަރުކާރުން ގަދަބަސް ބުނެފައި ކުރި އެއްވެސް ކަމަކުން ރަނގަޅު ނަތީޖާއެއް ނުނިކުތްތަނުގައި، މިސަރުކާރުން ދަނީ އިތުރަށް ރައްޔިތުން ރުޅި އަރުވަމުން ކަމަށް މާލެ ސިޓީ ކައުންސިލްގެ ހުޅުމާލެ ދެކުނު ދާއިރާގެ ކައުންސިލަރު އަހުމަދު ގާލިބު ވިދާޅުވެއްޖެ އެވެ.

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ތައިލެންޑުން ދެ ދިވެހިން ހައްޔަރުކޮށްފި

ސްޓެއިންލެސް ސްޓީލް ފެންބޯ ތަށިތަކެއްގެ ތެރޭގައި ފޮރުވާފައި ހުރި ކްރިސްޓަލް މެތާއި، ކުޑަކުދިންގެ އަންނައުނުތަކެއްގެ ތެރޭގައި ބަންދުކޮށްފައި ހުރި ކެނަބިސް ބަޑްސްތަކަކާއެކު ދިވެހި ދެ ފިރިހެނަކު ތައިލެންޑުގެ ބެންގކޮކުން ހައްޔަރުކޮށްފި އެވެ.

ފްލައިދުބާއީން ތަހުގީގު ނިންމައި ބައެއް މުވައްޒަފުން ވަކިކޮށްފި: ރިޕޯޓް

ދުބާއީން އިޒްރޭލަށް ދިޔަ ފްލައިދުބާއީގެ ފްލައިޓް FZ1073 ގެ ކޮކްޕިޓް ތެރޭގައި ކޯޕައިލެޓް، ޕައިލެޓަށް ހަމަލާދީ ފްލައިޓް ހައިޖެކްކުރަން އުޅުނު މައްސަލާގައި އެ އެއާލައިނުން ހިންގި އަމިއްލަ ތަހުގީގު ނިންމައި ބައެއް މުވައްޒަފުން ވަކިކުރަން ނިންމާފައިވާ ކަމަށް އިޒްރޭލުގެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފި އެވެ…

Loading fresh headlines…