Live 358,904 stories Updated Oct 7, 2026
Browse topics All stories

Latest stories

Live feed

ޓްރަމްޕްގެ ޣައްޒާ ޕްލޭނަށް އަހަރެއް؛ ޣައްޒާގެ ބޮޑުބައި އަދިވެސް ޔަހޫދީންގެ މުށުތެރޭގައި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޣައްޒާގެ ހަނގުރާމަ ނިންމުމަށް އެކުލަވައިލެއްވި ޕްލޭނަށް އަހަރެއް ފުރިގެންދިޔައިރު، ޔަހޫދީންގެ ލާއިންސާނީ ހަމަލާތައް ނުހުއްޓުވި، ޣައްޒާގެ ބޮޑު ސަރަޙައްދެއް އިސްތިޢުމާރުކޮށްފައިވާ ކަމުގެ ކަންބޮޑުވުން ބޮޑުވެއްޖެއެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޣައްޒާގެ ހަނގ…

ޓްރެފިކް ޤާނޫނަށް އަމަލުކުރަން ފެށިފަހުން 653 މީހަކަށް ފިޔަވަޅު އަޅައިފި

މިމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޢަމަލުކުރަން ފެށި "އެއްގަމު ދަތުރުފަތުރުގެ ޤާނޫނު"ގެ ދަށުން މިހާތަނަށް 653 މީހަކަށް ފިޔަވަޅު އަޅައިފިއެވެ. މި ޤާނޫނު އެކުލަވާލާފައިވަނީ، ރާއްޖޭގައި މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުންނެވެ. ފުލުހުން ވިދާޅުވީ، މި ޤާނޫނުގެ ދަށުން މިމަހުގެ 5 ވަނަ ދުވަ…

މީދޫގެ ޕޮލިސް ސްޓޭޝަން: ކައުންސިލް އިންތިޚާބާ ދިމާކޮށް އަމަލީ މަސައްކަތް ފެށި ނަމަވެސް އިންތިޚާބުގެ ފަހުން މަސައްކަތް އޮތީ ހުއްޓިފައި!

ދ. މީދޫގައި އިމާރާތް ކުރާ ޕޮލިސް ސްޓޭޝަންގެ އަމަލީ މަސައްކަތް ކުރިއަށްނުގޮސް ގިނަ ދުވަސްތަކެއް ވަންދެން ހުއްޓިފައި އޮތުމާ ގުޅިގެން، އެ ރަށު ކައުންސިލްގެ ކުރީގެ ރައީސް މުހައްމަދު ޝާހިދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ޝިފާއުގެ އިސްތިއުނާފު: ވަކީލް ސުއޫދު ވިދާޅުވީ ތަންފީޒު ނުކުރެވޭ އަދަބެއް ކަނޑައެޅުމުގެ ބޭނުމެއް ނެތް ކަމަށް

ސައްހަ ނޫން ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ)ތަކެއް ފޮނުވައިގެން ބޭރު ކުންފުނިތަކަކަށް އޮޅުވާލައިގެން ގިނަ އަދަދެއްގެ މުދާ ހޯދި ހުސައިން ޝިފާއުގެ މައްޗަށް 109 އަހަރުގެ ޖަލު ހުކުމް އިއްވާފައިވަނީ ގާނޫނާ އެއްގޮތަށް ނޫން ކަމަށް އޭނާގެ ވަކީލް ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވެއްޖެ އެވެ.

ފަތުރުވެރިކަމުގެ ދާއިރާއިން ޒުވާނުންނަށް ފުރުސަތު ފަހިކޮށްދޭ އެއްބަސްވުމެއް

ދިވެހި ޒުވާނުންނަށް ފަތުރުވެރިކަމުގެ ދާއިރާއިން ތަމްރީނާއި ތަޖުރިބާގެ ފުރުސަތުތައް ފުޅާކުރުމަށްޓަކައި ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއާއި ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ. ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމ…

އަބުޗާ ދޫކޮށްލި މައްސަލަ މަޖިލީހުން ބަލައިދޭން އެދެފި

ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގެ ކުށުގައި އުމުރަށް ޖަލަށްލާފައި ހުއްޓާ، ޕެރޯލްގެ ދަށުން ބަންދުން ދޫކޮށްލި އަބްދުﷲ އިބްރާހީމް (އަބުޗާ) މިނިވަންކުރި މައްސަލަ ރައްޔިތުންގެ މަޖިލީހުން ބަލައިދިނުމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެދިވަޑައިގެންފިއެވެ.

ބީއެމްއެލްގެ އެހީތެރިކަމާއެކު ނަރސަސް އެސޯސިއޭޝަނުން ހިންގި ނަފްސާނީ ދުޅަހެޔޮކަމުގެ ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ "ބޭންކް ފަންޑު" ގެ އެހީތެރިކަމާއެކު، މޯލްޑިވިއަން ނަރސަސް އެސޯސިއޭޝަން (އެމްއެންއޭ) އިން ހުޅުމާލެ ފޭސް 2 ގައި ކުރިއަށްގެންދިޔަ "ޒައިތޫން" ނަފްސާނީ ދުޅަހެޔޮކަމުގެ ރީހެބިލިޓޭޝަން ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.

ރަތް ކަނޑުގެ އައްސޭރިފަށުގައި ވަރުގަދަ ކުރިމަތިލުންތަކެއް

ޔަމަނުގެ އެކި ސަރަޙައްދުތަކުގައި ހަނގުރާމަ ފުޅާވެފައިވާ ދަނޑިވަޅެއްގައި، އީރާނުން މަދަދުވެރިވާ ކަމަށް ތުހުމަތުކުރެވޭ ޙޫޘީ ޖަމާޢަތުން ބެލިސްޓިކް މިސައިލާއި ގޮވާތަކެތި ހަރުކޮށްފައިވާ ޑްރޯންތައް ބޭނުންކޮށްގެން ޢަދަން އިންޓަނޭޝަނަލް އެއާޕޯޓަށް ހަމަލާ ދީފިއެވެ. އޮކްޓޫބަރު 7 ވަނަ ދުވަހުގެ ހެނދުނު ދިން މި …

Loading fresh headlines…