Live 358,898 stories Updated Oct 7, 2026
Browse topics All stories

Latest stories

Live feed

ހިޔާނާތުގެ ތަހުގީގަށް ލަންކާގެ ކުރީގެ ފަސްޓް ލޭޑީ ވެސް ހައްޔަރުކޮށްފި

ކުޑަކުދިންގެ ހޮސްޕިޓަލަކަށް ހޯދި އެހީގެ ފައިސާއަށް ހިޔާނާތްތެރިވި ކަމުގެ ތުހުމަތުގައި ސްރީ ލަންކާގެ ކުރީގެ ފަސްޓް ލޭޑީ ޝިރާންތީ ރާޖަޕަކްސަ އެ ގައުމުގެ އެންޓި ކޮރަޕްޝަން އޮތޯރިޓީން މިއަދު ހައްޔަރުކޮށްފި އެވެ.

އޮކްޓޯބަރު 7 ގެ އަހަރީ ދުވަހު އިޒްރޭލުން ޣައްޒާއަށް ހަމަލާދީ ތިން މީހަކު ޝަހީދުކޮށްލައިފި

އޮކްޓޯބަރު 7 ގައި ހަމާސްއިން ދިން ހަމަލާއަށް ތިން އަހަރު ފުރުނު އަހަރީ ދުވަހާ ދިމާކޮށް އިޒްރޭލުން ޣައްޒާއަށް ދިން ހަމަލާތަކެއްގައި ފަލަސްތީނުގެ ތިން މީހަކު ޝަހީދުކޮށްލައިފި އެވެ.

2030 ގެ ނިޔަލަށް އާސެނަލްގައި މަޑުކުރަން އާޓެޓާ އެއްބަސްވުން އާކޮށްފި

2030 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އާސެނަލްގައި މަޑުކުރަން ކޯޗު މިކޭލް އާޓެޓާ އެއްބަސްވުން އާކޮށްފި އެވެ. 22 އަހަރަށްފަހު އާސެނަލް އަށް އިނގިރޭސި ޕްރިމިއަރ ލީގު ހޯދައިދިން ކޯޗު އާޓެޓާ އާ އެއްބަސްވުމެއްގައި ކްލަބާއެކު ސޮއިކުރިކަން އާސެނަލް އިން އިއުލާނުކުރީ މިއަދު އެވެ. އާސެނަލް އުނދަގޫ ހާލަތެ…

ބުޅަލުގެ މައްސަލަ 3 ތިން މަސް ދުވަހުގެތެރޭ ހައްލުނުކުރެވިއްޖެނަމަ، ''އޮޅުހިޔާ'' މާލެ ސިޓީ ކައުންސިލާ ހަވާލުކުރަން އެދެން އެ ކައުންސިލުން ނިންމައިފި

މާލެސިޓީގެ މަގުމަތީގައި އުޅޭ ބުޅާތަކުގެ މައްސަލަ ބޮޑުވެފައިވާއިރު، ކުރިއަށް އޮތް ތިން މަސް ދުވަހުގެތެރޭ އެ މައްސަލަ ހައްލުނުކުރެވިއްޖެނަމަ، ''އޮޅުހިޔާ'' ފެސިލިޓީ މާލެ ސިޓީ ކައުންސިލާ ހަވާލުކުރަން އެދެން އެ ކައުންސިލުން ނިންމައިފި އެވެ.

ދިރާގާއި ސޮނޭވާ ގުޅިގެން މުރަކަ އާލާކުރުމުގެ މަޝްރޫޢެއް

ދިރާގާއި ސޮނޭވާ ކޮންޒަވޭޝަން އެންޑް ސަސްޓެއިނަބިލިޓީ މޯލްޑިވްސް ގުޅިގެން ބ.ދަރަވަންދޫގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް"އަށް އެހީތެރިވުމުގެ އެއްބަސްވުމެއް ޤާއިމުކޮށްފިއެވެ. މި އެއްބަސްވުމުގެ ތެރެއިން ސޮނެވާ ސީއެސްއެމްގެ ފަންނީ އެހީތެރިކަމާއި …

އެޕްރެންޓިސްޝިޕް ޕްރޮގްރާމް ކުރިއަށް ގެންދަން ޓޫރިޒަމް މިނިސްޓްރީއާއެކު ސޮއިކޮށްފި

"ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް" ކުރިއަށް ގެންދިއުމަށް މިނިސްޓްރީ އޮތް ޔޫތު އެމްޕަވަރމަންޓް ސްޕޯޓްސް އެންޑް ފިޓްނަސް އާއި މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން އާއި ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.

ތައިލެންޑުން ހައްޔަރުކުރީ 72 ކިލޯގެ ޑްރަގްގެ މައްސަލާގައި ކުރިން އަތުލައިގަތް ވިޝާމް

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ތައިލެންޑުން ހައްޔަރުކުރީ ދިވެހި ފުލުހުން މީގެ ހަ އަހަރު ކުރިން ހިންގި ބޮޑު އޮޕަރޭޝަނެއްގައި އަތުލައިގަތް 72 ކިލޯގެ މަސްތުވާތަކެއްޗާ ގުޅުން ހުރި ކަމުގެ ތުހުމަތަށް ހައްޔަރުކުރި މުހައްމަދު ވިސާމް ކަން އެނގިއްޖެ އެވެ.

60 އަހަރަށްފަހު ބަޑި ޖަހައިގެން އެމެރިކާގައި މަރުގެ އަދަބު ތަންފީޒުކުރަނީ

އެމެރިކާގެ އަސްކަރިއްޔާއިން 60 އަހަރަށްފަހު ފުރަތަމަ ފަހަރަށް ބަޑިޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން ނިންމައިފިއެވެ. އެމެރިކާގެ އަސްކަރިއްޔާއިން ފާއިތުވި 60 އަހަރަށްވުރެ ގިނަ ދުވަހުގެ ތެރޭގައި ފުރަތަމަ ފަހަރަށް ބަޑިޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރުމަށް ނިންމައި، އެކަން ރަސްމީކޮށް އިޢުލާނުކ…

Loading fresh headlines…