ލޭއަޅާ ކުދިންނަށް ބޭނުންވާ ޑެސްފެރޮލް ފާމަސީތަކުން ނުލިބޭކަމުގެ ކަންބޮޑުވުން، ނަމަވެސް ސްޓޭޓް ފާމާއިން ބުނަނީ ބޭސް ލިބެން ހުންނާނެކަމަށް!
ލޭއަޅާ ކުދިންނަށް ބޭނުންވާ ބޭހެއް ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން (ސްޓޭޓް ފާމާ) ގެ ފާމަސީތަކުން ނުލިބޭ ކަމުގެ ކަންބޮޑުވުން ބެލެނިވެރިން ފާޅުކޮށްފައި ވަނިކޮށް އެ ބޭސް ލިބެން ހުންނާނެ ކަމަށް ސްޓޭޓް ފާމާއިން ބުނެފި އެވެ.