Live 355,572 stories Updated Jan 13, 2026
Browse topics All stories

Latest stories

Live feed

ދުވާފަރުގައި 200 ހައުސިންގ ޔުނިޓު އަޅަން އޮތް ތަނެއްގައި 50 ޔުނިޓު އަޅާކަން އެނގުނީ ހަރުކޮށްފަ ހުރި ބޯޑުން: ކައުންސިލް މެމްބަރު ޔަޝްފާ

ރ. ދުވާފަރުގައި 200 ހައުސިންގ ޔުނިޓު އަޅަން ކަމަށް ވިދާޅުވެ މަސައްކަތް ފައްޓަވަން އާއިރު އެތަނުގައި ހަރުކޮށްފައި ހުރި ބޮޑުން އެނގުނީ އެތަނުގައި އަޅަނީ 50 ހައިސިންގ ޔުނިޓު ކަމަށް ދުވާފަރު ކައުންސިލް މެންބަރު ޔަޝްފާ ވިދާޅުވެއްޖެ އެވެ.

އަސްކަރީ ސިއްރުތައް 12،000 ޑޮލަރަށް ޗައިނާއަށް ވިއްކި އެމެރިކާ ސިފައިންގެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ ބައެއް ސިއްރުތައް 12،000 ޑޮލަރުގެ އަގަކަށް ޗައިނާއަށް ވިއްކިކަން އެމެރިކާގެ ކަނޑުގެ ސިފައިން ކުރީގެ އޮފިސަރެއްގެ މައްޗަށް ސާބިތުވެ 16 އަހަރަށް ވުރެ ދިގު މުއްދަތަކަށް ޖަލަށް ލާން ހުކުމްކޮށްފި އެވެ.

ބަންދު ނުވާނެކަމަށް ރައީސް ވިދާޅުވި ރިޔާސީ ބަޔާން އިއްވާ ދުވަސް ރައީސް ބަންދު ކުރައްވައިފި

ރިޔާސީ ބަޔާން އިއްވާ ދުވަހަކީ "މީގެ ފަހުން ސަރުކާރުން ބަންދު ނޫން ދުވަހެއް ކަމަށް" ކަނޑައެޅުއްވުމަށް ފަހު މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމާއި، ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވާ ދުވަސް ކަމުގައިވާ 5 ފެބްރުއަރީ އަކީ ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ހަމަޖައްސަވައިފި އެވެ.

ރ.ދުވާފަރުގައި ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރަން ކައުންސިލުން ބިން ހަވާލުކޮށް، ބިންގާ އެޅި ފަހުން މަހެއް: އަމަލީ އެއްވެސް މަސައްކަތެއް ނުހިނގާ!

ރ.ދުވާފަރު ޞިއްޙީ މަރުކަޒު ހޮސްޕިޓަލް ފެންވަރަށް އަޕްގްރޭޑްކުރުމަށް، ބޭނުންވާ ބިން ކައުންސިލުން ސަރުކާރާއި ވާލުކުރުމުން، ސަރުކާރުން އިމާރާތުގެ ބިންގާ އެޅިތާ މަހެއް ފާއިތުވި އިރު ވެސް، އެ މަޝްރޫޢުގެ އަމަލީ އެއްވެސް މަސައްކަތެއް ނުހިނގާކަން ހާމަވެއްޖެ އެވެ.

ޒައިދު ސަސްޓެއިނަބިލިޓީ ޕްރައިޒް ފ.އަތޮޅު ތަޢުލީމީ މަރުކަޒަށް!

ޔުނައިޓެޑް އެރަބް އެމިރޭޓްސް، ޔޫއޭއީގެ ބާނީ ޒައިދު ބިން ސުލްތާން އަލް ނަޙްޔާންގެ ހަނދާނުގައި ދެމުން އަންނަ ޒައިދު ސަސްޓެއިނަބިލިޓީ ޕްރައިޒް ފ.އަތޮޅު ތަޢުލީމީ މަރުކަޒުން ހާސިލްކޮށްފިއެވެ. ފ. އަތޮޅު ތަޢުލީމީ މަރުކަޒުން މި އެވޯޑް ހާސިލްކޮށްފައިވަނީ ޒައިދު ސަސްޓެއިނަބިލިޓީ ޕްރައިޒްގެ ގްލޯބަލް ހައި ސްކ…

އަބޫދާބީ ސަސްޓެއިނަބިލިޓީ ވީކް ހުޅުވުމުގެ ރަސްމިއްޔާތުގައި ޚާރިޖީ ވަޒީރު

ޔުނައިޓެޑް އެރަބް އެމިރޭޓްސް، ޔޫއޭއީގައި ކުރިއަށްދާ އަބޫދާބީ ސަސްޓެއިނަބިލިޓީ ވީކް ހުޅުވުމުގެ ރަސްމިއްޔާތުގައި ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް ބައިވެރިވެވަޑައިގެންފިއެވެ. ޚާރިޖީ ވުޒާރާއިން ވިދާޅުވީ، އަބޫދާބީ ސަސްޓެއިނަބިލިޓީ ވީކްގައި ރާއްޖެއިން ބައިވެރިވުމަކީ ތިމާވެށީގެ މައްސަލަތަކާއި، މޫސުމަށް އ…

އިރާނުގެ ގެތަކުން އެމެރިކާގެ ހަތިޔާރާއި ގޮވާތަކެތި ފެނިއްޖެ: އިރާނުގެ އިންޓެލިޖެންސް އެޖެންސީ

އިރާނުގައި މިހާރު ކުރިޔަށްދާ މުޒާހަރާތަކުގައި ހަތިޔާރު އަޅައިގެން ތިބި މީހުން ހަރަކާތްތެރިވާކަމަށް އިރާނުން ބުނެފައިވާއިރު ބައެއް ގެތަކުން އެމެރިކާގެ ހަތިޔާރާއި ގޮވާތަކެތި ފެނިފައިވާކަމަށް އިރާނުގެ އިންޓެލިޖެންސް އެޖެންސީން ބުނެފިއެވެ.

Loading fresh headlines…