ރ. ދުވާފަރުގައި 200 ހައުސިންގ ޔުނިޓު އަޅަން ކަމަށް ވިދާޅުވެ މަސައްކަތް ފައްޓަވަން އާއިރު އެތަނުގައި ހަރުކޮށްފައި ހުރި ބޮޑުން އެނގުނީ އެތަނުގައި އަޅަނީ 50 ހައިސިންގ ޔުނިޓު ކަމަށް ދުވާފަރު ކައުންސިލް މެންބަރު ޔަޝްފާ ވިދާޅުވެއްޖެ އެވެ. 

ރާއްޖެ އެމްވީ އަށް ދެއްވި އިންޓަވިއު އެއްގައި ޔަޝްފާ ވިދާޅުވީ، ދުވާފަރުގެ ހިއްކާފައި އޮތް ސަރަހައްދުގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހު އެ ތަނުގައި 50 ހައުސިން ޔުނިޓު އަޅުމަށް މަސައްކަތް ހަވާލު ކުރި ކަމަށެވެ. އަދި އެތަނަކީ 200 ހައުސިންގ ޔުނިޓް އަޅަން އޮތް ތަނެއްކަން ފާހަގަކުރައްވާ ޔަސްފާ ވިދާޅުވި މަސައްކަތް ހަވާލު ކުރި އިރު އެތަނުގައި ޖަހާފައި ހުރި ބޯޑުން ފެނުނީ 50 ހައުސިންގ ޔުނިޓު ކަމަށެވެ. ކުއްލިއަކަށް 50 ޔުނިޓް އަށް ތިރިވި ކީއްވެކަން ވެސް ރަށު ރައްޔިތުންނަށް ނޭންގޭ ކަމަށް ޔަސްފާ ވިދާޅުވި އެވެ. 

ހައުސިންގ މަޝްރޫއު އާއި ނަރުދަމާގެ މަސައްކަތް ވެސް ހަވާލުކުރި އިރު އެތަނުގައި އޭރު ޖަހާފައިހުރި ބޯޑު ވެސް މިހާރު ނެތް ކަމަށް ޔަޝްފާ ވިދާޅުވި އެވެ. އަދި މިހާރު މަސް ދުވަހަށް ވުރެ ގިނަ ދުވަސް ވެގެން ދިޔައިރު އެއްވެސް ގޮތަކަށް އެތަނުގައި އަމަލީ މަސައްކަތް ފެށިފައި ނުވާކަން ޔަސްފާ ފާހަގަ ކުރެއްވި އެވެ. 

މިތަނަށް އައިސް ރަސްމިއްޔާތުގައި ހުއްޓުނު ވަގުތު އެނގުނީވެސް ބޯޑުގައި އިނީ 50 ހައުސިން ޔުނިޓުކަން. ދެން ކޮންމެ ރަސްމިއްޔާތެއްގައި އަޖައިބުވާ ކަމަކީ ކޮންމެ ރަސްމިއްޔާތެއް ފަށަމުން ވެސް ވަރަށް ދީނަށް ލޯބިކުރާ ރައީސްއެއްކަން ފާހަގަ ކުރެވެ. ކޮންމެ ކައިވަތެއްގައި ވަރަށް ކައިރި ކައިރިން މިހުންނަނީ ޕްރޮޖެކްޓްތައް އިނގޭތޯ. 16 ޕްރޮޖެކްޓުގެ ބިންގާ އެޅިގެން ދިޔައިރު ކޮންމެ ރަސްމިއްޔާތެއް ފައްޓަވަނީ ކީރިތި ގުރުއާނުގެ ބަރަކާތުން އިނގޭތޯ، މިދެން އަޖައިބެއް ކަހަލަ ކަމެއް ދެން މިތަނުގައި އަމަލީ ގޮތުން އެއްވެސް މަސައްކަތެއް ކުރިއަކަށް ނުދޭ މިހާތަނަކަށް ފެނިފައެއް ނެތް.
ދުވާފަރު ކައުންސިލް މެމްބަރު ޔަޝްފާ

މީގެ އިތުރުން ޔަޝްފާ ވިދާޅުވީ، މި ސަރުކާރުން ރައްޔިތުން ލޮލުގައި އަނދުން އެޅުވުން ނޫން ކަމެއް ނުކުރާ ކަމަށެވެ. އަދި  އެ ދެ މަޝްރޫއު ފެއްޓެވިއިރު ރައީސް މުޢިއްޒު ވާހަކަފުޅު ވެސް ނުދައްކަވާ ކަމަށާއި މަޝްރޫއު ނިންމަން އޮތި ކޮން ދުވަހަކަށް ކަމެއް ވެސް ނޭންގޭ ކަމަށް ޔަޝްފާ ވިދާޅުވި އެވެ. އަދި ދުވާފަރުގައި އޮތީ ޕީއެންސި މެޖޯރިޓީ އޮތް ކައުންސިލް އެއް ކަން ފާހަގަކުރައްވާ ޔަޝްފާ ވިދާޅުވި އެ މަޝްރޫއު އަށް ބިން ވެސް ދުކޮށްފައިވާ ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ދުވާފަރުގައި ހައުސިންގ ޔުނިޓް އަދި ނަރުދަމާގެ މަސައްކަތް ކައިރި ކައިރީގަ ފެއްޓެވި ނަމަވެސް އެއްވެސް މަޝްރޫއުއެއް ފެއްޓެވި ކަމުގެ ނިޝާން ވެސް އެސަރަހައްދުން މިހާރު ފެންނާކަށް ނެތެވެ.