Live 342,966 stories Updated Jan 28, 2026
Browse topics All stories

Latest stories

Live feed

ފްރާންސްގައި 15 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރަން ނިންމައިފި

ބުލީ އާއި ނަފްސާނީ މައްސަލަތަކަށް ހުށަހެޅޭ ކުދިން ގިނަވުން ފަދަ ސީރިއަސް އެތައް ކަމަކާ ހެދި ފްރާންސްގައި ވެސް އުމުރުން 15 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރަން ނިންމައި އެކަމާ ގުޅޭ ބިލް އެ ގައުމުގެ ނެޝަނަލް އެސެމްބްލީން މިއަދު ފާސްކޮށްފި އެވެ.

ސަރުކާރުގެ އިހުމާލުން ކުޅުދުއްފުށި ސިޓީގެ ތައުލީމީ ދާއިރާ އަށް ގޮންޖެހުންތަކެއް!

މިއަހަރުގެ ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމާއެކު, ކުޅުދުއްފުށި ސިޓީ ގެ ތައުލީމީ ދާއިރާ އަށް ބޮޑު ގޮންޖެހުމަކާ ކުރިމަތިވެ، އެ ސިޓީގެ ސްކޫލްތަކުގެ ދަރިވަރުންގެ އާބާދީ މިއަހަރު ވަރަށް ބޮޑުތަނުން ދަށަށް ގޮސްފި އެވެ.

2025 ވަނަ އަހަރު ވެސް ނިމުނީ ރައީސް މުއިއްޒު ދެއްވި ޔަގީންކަމާ ހިލާފަށް، ހެނބަދޫ ބިންހިއްކުމުގެ މަސައްކަތް ނުފެށި: ހެނބަދޫ ކައުންސިލް

ނ. ހެނބަދޫގެ ރައްޔިތުން އެދޭގޮތަށް 2025 ވަނަ އަހަރުގެ ތެރޭގައި އެރަށުގެ ބިން ހިއްކުމުގެ މަޝްރޫޢު ކުރިއަށް ގެންދަވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި ނަމަވެސް، 2026 ވަނަ އަހަރު ފެށުނު އިރުވެސް ބިން ހިއްކުމުގެ މަސައްކަތް ފެށިފައި ނުވާކަމަށް އެ ރަށު ކައުންސިލްގެ ރައ…

ނިޕާ ވައިރަހުގެ ނުރައްކާ ރާއްޖެއަށް ކުޑަ, އަވަށްޓެރި ގައުމުތަކަށް ދަތުރުކުރާ ނަމަ ދިވެހީން ސަމާލުވާން ޖެހޭ: އެޗްޕީއޭ

ނިޕާ ވައިރަހުގެ ނުރައްކާ ރާއްޖެއަށް ކުޑަ ކަމަށާއި، ނަމަވެސް އެ ބަލީގެ ކޭސްތައް ފެނިފައިވާ، އަވަށްޓެރި އިންޑިއާގެ ވެސްޓް ބެންގާލް އަށް ދަތުރުކުރާ ނަމަ ދިވެހީން ސަމާލުވާން ޖެހޭ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނެފި އެވެ.

އުރީދޫއިން އެމްއެންޑީއެފަށް ކަނޑުއަޑީގައި ޚާއްޞަ އިކުއިޕްމަންޓްތަކެއް

ރާއްޖޭގެ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެމްއެންޑީއެފް އިން ކުރަމުންދާ މަސައްކަތްތަކަށާއި، ކަނޑުއަޑީގެ އޮޕަރޭޝަންތައް ކުރިއަށްގެންދިއުމަށް އެހީތެރިވުމުގެ ގޮތުން، އުރީދޫ މޯލްޑިވްސްއިން، އެމްއެންޑީއެފަށް ކަނޑުއަޑީގައި ބޭނުންކުރާ ޚާއްސަ އިކުއިޕްމަންޓްތަކެއް ހަދިޔާކޮށްފިއެވެ. ބަންޑާ…

އެތައްސަތޭކަ ދިވެހިން ނުކުމެ ޤައުމީ ޓީމަށް އޮތް ލޯބި ދައްކާލައިފި

ފުރަތަމަ ފަހަރަށް ބޭއްވި ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ހޯދި ރާއްޖޭގެ ޤައުމީ ފުޓްސަލް ޓީމުން ތަށްޓާއެކު އެނބުރި ޤައުމަށް އައުމުން، އެތައް ހާސް ދިވެހިން ނުކުމެ ޤައުމީ ޓީމަށް އޮތް ލޯބި ދައްކާލައިފިއެވެ. ރާއްޖެ ޓީމު އެނބުރި ޤައުމަށް އައިސްފައި ވަނީ 19:45 ހާއިރުއެވެ. ވެލާނާ އިންޓަނޭޝަނަލ…

ޔޫއެންއޯޑީސީގެ ރީޖަނަލް ރެޕްރެޒެންޓެޓިވްގެ ފަތްކޮޅު މިނިސްޓަރު ޚަލީލަށް ހުށަހަޅުއްވައިފި

ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) އިން ދެކުނު އޭޝިއާއަށް ކަނޑައެޅުއްވި އާ ރީޖަނަލް ރެޕްރެޒެންޓެޓިވް ކްރިސްޓިއަން ހޮލްގަރ މަގާމަށް އައްޔަންކުރެއްވި ކަމުގެ ފަތްކޮޅު، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. ޢަބްދުﷲ ޚަލީލަށް މިއަދު ހުށަހަޅުއްވައިފިއެވެ.

Loading fresh headlines…