ވަޒީރުންގެ މަޖިލީހަށް ބަދަލުތަކެއް ގެންނަވާ އައު ކެބިނެޓް ހުވާކުރައްވައިފިއެވެ.

ބައެއް މިނިސްޓްރީތަކަށް ބަދަލު ގެންނަވާފައިމިވަނީ މިއަދު 10 ވަޒީރުން އިސްތިއުފާ ދެއްވުމަށްފަހުއެވެ. އާ ކެބިނެޓަށް ހުވާލައިދެއްވީ އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދެވެ.

އައު ވަޒީރުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވަނީ:

މޫސާ ޒަމީރު - މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް

އަލީ އިހުސާން - މިނިސްޓަރ އޮފް ހޯމް ލޭންޑް ސެކިޔުރިޓީ ލޭބަރ އެންޑް ޓެކްނޮލޮޖީ

ޑރ އިސްމާއީލު ޝަފީއު - މިނިސްޓަރ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް އެންޑް ސްކިލް ޑިވެލޮޕްމަންޓް

އިރުތިޝާމް އާދަމް - މިނިސްޓަރ އޮފް ފޮރިން އެފެއަރޒް

ގީލާ އަލީ - މިނިސްޓަރ ހެލްތު އެންޑް ފެމިލީ ވެލްފެއަރ

ޑރ މުހައްމަދު ޝަހީމް އަލީ ސައީދު - މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް އެންޑް އެންޑަވަރމަންޓްސް

މުހައްމަދު ސައީދު - މިނިސްޓަރ އޮފް އެކޮނޮމިކް ޑިވެލޮޕްމަންޓް ޓްރާންސްޕޯޓް އެންޑް ޓްރޭޑް

މުހައްމަދު އަމީން - މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލްއޭވިއޭޝަން

އަބްދުﷲ ރާފިއު - މިނިސްޓަރ އޮފް ޔޫތް ، ސްޕޯޓްސް އެންޑް އެމްޕަވަރމަންޓް

ހީނާ ވަލީދު - މިނިސްޓަރ އޮފް އަރޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް

ޑރ އަބްދުﷲ މުއްތަލިބު - މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް

އަލީ ޝަރީފް - މިނިސްޓްރީ އޮފް ކްލައިމެޓްޗޭންޖް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

އެންމެ ގިނަ ވަޒީރުންނާއެކު މިސަރުކާރު ފެށިނަމަވެސް މީގެކުރިންވެސް ވަޒީރުންގެ މަޖިލީހަށް ވަނީ ބަދަލުތަކެއް ގެންނަވާފައެވެ. އެއީ ޑިސެމްބަރ 30، 2024 ގައެވެ. ރައީސް އޮފީހުން ބުނީ މިއަދު ހުވާކުރެއްވި ވަޒީރުންނާއެކު ވަޒީރުންގެ މަޖިލީހުގައި ދެން ހިމެނިވަޑައިގަންނަވާނީ ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމްއާއި އިތުރު ދެ ވުޒާރާއެއްގެ ވަޒީރުން ހިމެނޭހެން ޖުމުލަ 15 ބޭފުޅުންކަމަށެވެ.