ދެކުނުގެ ވައިގެ ގުޅުމަކީ ދަތުރުފަތުރަށް ގެނުވި އިންގިލާބެއް: މުއްތަލިބް
ދެކުނުގެ 4 އަތޮޅު ވައިގެމަގުން ގުޅާލުމަށް ފެށި ދަތުރުތަކަކީ މުޅި ދިވެހިރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު ބަދަލުކޮށް އިންގިލާބެއް ގެންނާނެ ކަމަކަށް ވެގެންދާނެކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާއި ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.