މަޖީދިއްޔާ ސްކޫލުގެ ސަތޭކަ އަހަރުވީ ބިނާ"ސައްތަވީ ބިނާ" އަންނަ އަހަރު ހުޅުވުމަކީ އަމާޒެއްކަމަށް ތަޢުލީމާއި މަތީތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.
ވަޒީރު ޝަފީއު މިހެން ވިދާޅުވީ މަޖީދިއްޔާ ސްކޫލްގެ 99 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ޚާއްސަ އެސެމްބްލީ ޝަރަފްވެރިކޮށްދެއްވާ ވާހަކަދައްކަވަމުންނެވެ.
ވަޒީރު ޝަފީޢު ވިދާޅުވީ ޓެކްނޮލަޖީގެ ގޮތުން ދުނިޔެއަށް އަންނަ ކުރިއެރުންތަކާއެކު މަޖީދިއްޔާ ސްކޫލަކީ އެކަންކަމަށްވެސް އެހެން ސްކޫލްތަކަށް ނަމޫނާމލ މަޖީދިއްޔާގެ 100 އަހަރުގެ ރަމްޒްކޮށްދިނުމުގެ ޚާއްސަ ބިނާގެ މަސައްކަތް 100 އަހަރު ފުރެންވާއިރަށް ނިންމާ ހުޅުވުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ ރައީސްގެ ޚާއްސަ އިރުޝާދާއެކު އެ މަނިކުފާނަށް ދެއްވި ގައިޑެންސްއާއެކު މަޖީދިއްޔާ ސްކޫލްގެ ހުޅަނގު ފަރާތުގައި އޮތް ޕާކިން ބިން ނަގާ އެތަނުގައި މަޖީދިއްޔާގެ 100 އަހަރުގެ ރަމްޒްކޮށްދިނުމުގެ ޚާއްސަ ބިނާގެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ފުރަތަމަ ސްމާޓް ކްލާސްރޫމްތަކާއެކު މަޖީދިއްޔާ ސްކޫލުގެ އައު އިމާރާތް އެޅުމަށް ހަމަޖެހިފައިވަނީ ކުރީގެ ދަރުމަވަންތަ ސްކޫލު ހުރި ބިމުގައި ކަމަށެވެ.
މި އަހަރު ތަޢުލީމީ ނިޒާމް ކުރިއެރުވުމަށްޓަކައި މުހިންމު މަސައްކަތްތަކެއް ފަށާފައިވާކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ އެހެން މީހުންނަށް އިޚްތިރާމްކުރާ އަދި ރިވެތި ސިފަތަކެއް އަށަގެނެފައިވާ ދަރިވަރުންތަކެއް އުފެއްދުމަށް ސްކޫލްތަކުގައި ތަރުބަވީ ޚާއްސަ ޕްރޮގްރާމް "ބިންގާ" ފަށާފައިވާ ކަމަށެވެ.
އަދި ވަކިވަކި މާއްދާތަކުން ކުރިއެރުންތައް ހޯދުމަށް ބާރުއެޅިނަމަވެސް ދަރިވަރުންގެ ކިބައިގައި އެކި ހުނަރުތައް އަށަގަތުމަށްޓަކައި މަސައްކަތް ކުރަންޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިގޮތުން މި ސަރުކާރުން އެ މަސައްކަތްތަކަށް އަހަންމިއްޔަތުކަން ދިނުމުގެ ގޮތުން ހުނަރުތައް ދަސްކޮށްދިނުމަށް ޚާއްސަ ސްކޫލެއް ހުޅުވާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.