ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާ ކެންޑިޑޭޓަކީ އައްޑޫ ސިޓީގެ ކުރީގެ މޭޔަރު ޢަބްދުالله ޞާދިޤް (ސޯބެ) ކަމަށް އެޕާޓީން ބުނެފިއެވެ.
މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ބާއްވަން ނިންމާފައި ވަނީ ޕީއެންސީއަށް ނިސްބަތްވާ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ސިނާންގެ މެންބަރުކަން ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން މިދިޔަ ހަފްތާގައި ކުރި ހުކުމާ ގުޅިގެންނެވެ.
ސްޕްރީމް ކޯޓުން އެގޮތަށް ހުށަހެޅީ މީގެ އަހަރަކަށްވުރެ ގިނަ ދުވަސް ކުރިން ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ކުރި ހުކުމަކާ އެއް ގޮތަށް މެންބަރު ސިނާން ދަރަނި ދައްކަމުން ގޮސްފައިނުވާ ކަމަށް ބުނެ އެވެ. އެ މައްސަލަ ހުށަހެޅި ދުވަހު ސިނާން ވަނީ ދަރަނި ދައްކައި ނިންމާފައެވެ.
ނަމަވެސް ކޯޓުން ކުރި ހުކުމުގައި ވަނީ ހަ މަސް ތެރޭ ކޮންމެ މަހަކަށް ޖެހޭ އަދަދަށްވުރެ ދަށް ނޫން އަދަދެއް ދައްކަން ކަމަށް ވާތީ ސުޕްރީމް ކޯޓުން ނިންމީ އޭނާގެ މެންބަރުކަން ގެއްލިފައިވާ ކަމަށެވެ.
އެ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރައްވަން ތިން ބޭފުޅަކު ޝައުގުވެރިކަން ފާޅުކޮށްފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ އެމްޑީޕީގެ އަބްދުﷲ ޞާދިގު (ސޯބެ) އާއި، އަހުމަދު ސައީދު (ނަޔާ) އަދި މުހައްމަދު އަލީއެވެ.
އެމްޑީޕީން ބުނީ ރައްޔިތުންގެ މަޖިލީހުން ހުސްވެފައިވާ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ޕްރައިމަރީއަށް ހުޅުވާލެވުނު އިއުލާނުގެ މުއްދަތު ހަމަވިއިރު ކުރިމަތިލާފަވާނީ އެންމެ މެންބަރެއް ކަމަށެވެ.
އެހެންވެ ޢަބްދުﷲ ޞާދިޤު، ކައުސަރު / ސ. ހިތަދޫ އަކީ އެ ޕާޓީގެ ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް ކެންޑިޑޭޓްކަމަށް އާއްމުކޮށް ވަނީ އަންގާ އިއުލާނުކޮށްފައެވެ.
ބައި އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އޭޕްރިލް 19 ވާ ބުދަ ދުވަހުއެވެ.