އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާނެ ކަމަށާއި، ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރަން ތާއީދު ކުރައްވައި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު އިއުލާން ކުރައްވައިފި އެވެ.
ނަޝީދާއި ފައްޔާޒް މިއަދު ބޭއްވި ޕްރެސް ބްރީފިންއެއްގައި ނަޝީދު ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރިމަތިލައްވަން އަދި ފައްޔާޒަށް ތާއީދުކުރައްވަން ނިންމެވީ ރާއްޖެއަށް ސިޔާސީ ބޮޑެތި ބަދަލުތަކެއް ގެނައުމަށް ކަމަށެވެ.
އެހެން ނަމަވެސް ނަޝީދު ވަނީ "ދައުލަތުގެ ވެރިއަކަށް" ހުންނެވުމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ކަމަށް ވިދާޅުވެފަ އެވެ.
ތަފްސީލު އަންނަނީ