Live 342,879 stories Updated Feb 1, 2026
Browse topics All stories

Latest stories

Live feed

އަދާލަތު ޕާޓީގެ ރައީސަކަށް ޝައިޚް ޝިފާން

ރާއްޖޭގައި މިވަގުތު އޮތް ދެވަނައަށް އެންމެ ގިނަ ދުވަސްވީ ސިޔާސީ ޕާޓީ ކަމަށްވާ، އަދާލަތު ޕާޓީގެ ރައީސަކަށް ޝައިޚް މުޙައްމަދު ޝިފާން އިންތިޚާބުވެއްޖެއެވެ. އަދާލަތު ޕާޓީގެ 4ވަނަ ދައުރުގެ ރައީސާއި ނައިބު ރައީސް ހޮވުމަށް އިންތިޚާބު ބާއްވާފައިވަނީ މިއަދު އޮންލައިންކޮށެވެ. އެގޮތުން، މި އިންތިޚާބު ބޭއްވުމ…

އެމްއޭސީއެލުން ލޭ ހަދިޔާ ކުރުމުގެ ކޭމްޕެއް ފަށައިފި

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އިސްނަގައިގެން މޯލްޑިވްސް ބްލަޑް ސަރވިސްއާ ގުޅިގެން ބްލަޑް ބޭންކަށް ލޭ ހަދިޔާކުރުމަށް ކޭމްޕެއް ފަށައިފިއެވެ. މިއަދު ފެށި މި ކޭމްޕް ކުރިއަށްގެންދަނީ ދެ ދުވަހުގެ މުއްދަތަށް ހުޅުލޭގައި ހުންނަ އެއަރޕޯޓް ރެކްރިއޭޝަން ސެންޓަރު (އޭއާރުސީ)ގައެވެ.…

ކުޑަހުވަދޫގެ ބީއެމްއެލް ބްރާންޗު އެއްކޮށް ޑިޖިޓަލް، ކައުންޓަރެއް ނުހުންނާނެ، ކަރުދާހެއް ބޭނުން ނުކުރާނެ

ދ. ކުޑަހުވަދޫގައި ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިމާރާތްކޮށް، މިއަދު ރަސްމީކޮށް ހުޅުވި އާ ބްރާންޗަކީ ރަށްރަށުގެ ބްރާންޗުތައް ޑިޖިޓަލް ކުރުމުގެ ފެށުން ކަމަށާއި އެ ތަން ހިންގާނީ ކަސްޓަމަރުންނަށް މަގުދައްކައިދޭ ތަނެއްގެ ގޮތުގައި ކަމަށް އެ ބޭންކުގެ ސީއީއޯ އަދި އެމްޑީ މުހައްމަދު ޝަރީފު މިއަދު …

އެމެރިކާގެ ފިއްތުންތަކާއެކު ކިއުބާ ރައްޔިތުންގެ ޙާލަތު ގޯހުން ގޯހަށް

އެމެރިކާއިން އަޅާފައިވާ ހަރުކަށި ދަތިކުރުމުގެ ފިޔަވަޅުތަކާ އެކު، ކިއުބާގައި ކާބޯތަކެއްޗާއި، ތެލާއި ގިނަ އަސާސީ ޚިދުމަތްތައް ނުލިބި، އާންމު ރައްޔިތުން ގިނަ ގޮންޖެހުންތަކާއި ނިކަމެތި ތަޙައްމަލުކުރަމުންދާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. ރޮއިޓަރސް ނޫހާ ވާހަކަ ދެއްކި ގިނަ ޢަދަދެއްގެ އާންމު ރައްޔިތުން ބުނި…

ފީ ނުނަގާ މުދާ ބަހައްޓައިދޭ މުއްދަތު އިތުރުކޮށްފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑުގެ ވިޔަފާރި ބަނދަރުގައި އޯޕަން ސްޓޯރޭޖުގައި މުދާ ބަހައްޓައިގެން ޑެމަރޭޖް ނާރާ މުއްދަތު އިތުރު ކޮށްފިއެވެ. މާލޭ ވިޔަފާރި ބަނދަރުގެ އޯޕަން ސްޓޯރޭޖުގައި ބަހައްޓާ މުދަލުން ފީ ނުނަގާ ބަހައްޓައިދޭ މުއްދަތު އިތުރު ކުރުމަށް އެމްޕީއެލްގެ ބޯޑުންވަނީ ނިންމާފައެވެ. މޯލްޑިވްސް ޕޯޓްސް…

Loading fresh headlines…