20 Apr 2026, 13:42
މާލެއާއި 7،955 ކިލޯމީޓަރު ދުރަށް، 7.5 މެގްނިޓިއުޑް ބާރުމިނުގެ ބިންހެލުމެއް މިއަދު އަތުވެއްޖެއެވެ.
މެޓް އޮފީހުން އާއްމުކުރި މައުލޫމާތުން އެނގޭ ގޮތުގައި ބިންހެލުން އައީ ޖަޕާނުގެ އާބާދީ ބޮޑު 'ހޮންޝޫ އައިލެންޑް' އަށެވެ. މިއީ ޕެސިފިކް ކަނޑާއި ޖަޕާން ކަނޑާ ދެމެދުގައިވާ ސަރަހައްދެކެވެ. މިއީ ދުނިޔޭގެ ހަތްވަނައަށް އެންމެ ބޮޑު ރަށެވެ.
އެއީ މާލެއާއި 7،955 ކިލޯމީޓަރު ދުރެވެ.
މި ބިންހެލުން އެރީ 7.5 މެގްނިޓިއުޑް ބާރުމިނުގައެވެ.
މެޓުން ބުނި ގޮތުގައި މި ބިންހެލުން އަރާފައި ވަނީ ރާއްޖެ ގަޑިން މިއަދު މެންދުރު 12:52 ހާއިރެވެ.
މި ބިންހެލުމުގެ ސީދާ ނުރައްކާ ރާއްޖެއަށް ނުކުރާނެ ކަމަށް މެޓުން ވަނީ ބުނެފައެވެ.
ޖަޕާނުގެ މީޓިއޮރޮލޮޖިކަލް އޭޖެންސީ (ޖޭއެމްއޭ) އިން ވަނީ މި ބާރުގަދަ ބިންހެލުމާއެކު ސުނާމީގެ އިންޒާރު ވެސް ދީފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މިމަހުގެ ހަތަރުވަނަ ދުވަހު، ރާއްޖޭގެ އެންމެ ދެކުނުން އައްޑޫ ސިޓީއާ 2،553 ކިލޯމީޓަރު ދުރަށް، 5.3 މެގްނިޓިއުޑް ބާރުމިނުގެ