ކަރަންކާ މަގުގައި ހުރި ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ބަންގްލަދޭޝްގެ ރައްޔިތަކު ހައްރު ކޮށް، ބަންދުގެ މުއްދަތު ޖަހައިފި އެވެ. 

ފުލުހުން ބުނީ 2026 އޭޕްރީލް 17 ވަނަ ދުވަހުގެ ރޭ ދަންވަރު މާލެ، ކަރަންކާ މަގުގައި ހުރި ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަންތަރު މުއްލާ (28އ) ގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 7 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައި ވާ ކަމަށެވެ. 

ތޫނު އެއްޗަކުން ހަމަލާދީ ޒަހަމުކޮށްލާފައިވާ މީހަކު އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ 2026 އޭޕްރީލް 17 ވަނަ ދުވަހުގެ ރޭ ދަންވަރު 01:08 ހާއިރު ކަމަށް ވެސް ފުލުހުން މައުލޫމާތު ދީފައިވެ އެވެ. 

ތަހުގީގަށް މިހާތަނަށް އެނގިފައިވާ ގޮތުގައި، އެމީހާ އަށް ހަމަލާދީފައިވަނީ މާލެ، ކަރަންކާ މަގުގައި ހުއްޓައި ކަމަށާއި، އަނިޔާވެފައި ވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ އުމުރުން 38 އަހަރުގެ ފިރިހެނަކަށް ކަން އެނގިފައިވާ ކަމަށް ފުލުހުން ބުނެފައި ވެ އެވެ. މި ހަމަލާގައި އެ މީހާގެ ކަރަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަން ފުލުހުން ވަނީ ފާހަގަ ކޮށްފަ އެވެ. 

ފުލުހުން ބުނީ މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ.