Live 341,396 stories Updated Mar 9, 2026
Browse topics All stories

Latest stories

Live feed

ފައިސާ ނެގުމަށް ފަހު އަބްރާރު ގްރޫޕުން މީހުން އުމްރާއަށް ނުގެންދިޔަ މައްސަލަ ފުލުހުން ބަލަނީ

ރޯދަމަހުގެ ފަހު 10 ގައި އުމްރާގެ އަޅުކަމަށް ގެންދިއުމަށް މީހުންގެ އަތުން ފައިސާ ނަގައި އެންމެ ފަހު ވަގުތު ދަތުރު ކެންސަލްކުރި އަބްރާރު ގްރޫޕުގެ މައްސަލަ ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.

އެފްއޭއެމް ފުޓްސަލް ލީގާއެކު ފުޓްސަލް ޤައުމީ މުބާރާތްވެސް މިއަހަރު

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބާއްވާ ފުރަތަމަ ފުޓްސަލް ލީގު މި އަހަރު އޮންނާނެކަމަށް އެ އެސޯސިއޭޝަންގެ ރައީސް އަޙްމަދު ޠާރިޤް (ޓޮމް) ވިދާޅުވެއްޖެއެވެ. ތިން އަހަރުގެ މެދުކެނޑުމަކަށްފަހު ބޭއްވި އެފްއޭއެމްގެ އޯޑިނަރީ ކޮންގްރެސް ނިންމާލުމަށްފަހު "ޕީއެސްއެމް ނިއުސް" އާ ވާހަކަދަ…

ނޮޅިވަރަންފަރުގެ ވަރުގަދަ "ބާރުވެރިކަން" ގެއްލުނީ ކީއްވެ؟

މީގެ އެތަކެއް އަހަރެއް ކުރިން 1953 ވަނަ އަހަރު އޭރުގެ ރައީސް މުހައްމަދު އަމީން ދީދީ ހދ. ނޮޅިވަރަންފަރަށް ވަޑައިގެންނެވި އެވެ. އެ ދަތުރުފުޅުގެ ވީޑިއޯއެއް އާކައިވް ކުރެވިފައިވާއިރު އެ އިން މި ރަށުގެ މުހިންމު މަންޒަރުތަކެއް ދައްކުވައިދެ އެވެ. ދެބުރިއަށް ހަދާފައިހުރި ވަރުގަދަ އިމާރާތަކާއި ރީއްޗަށް ރާނާފ…

ކަނޑުގެ ސަރަހައްދު ދޫކޮށްލަން ސިޓީ ފޮނުވުމަކީ އެންމެ މަތީ ޚިޔާނާތުގެ ކުށެއް: ރައީސް

ކަނޑުގެ ބައެއް ދޫކޮށްލުމަށް ކުރީ ސަރުކާރުން މޮރިޝަސްއަށް ސިޓީ ފޮނުވުމަކީ، އެންމެ މަތީ ޚިޔާނަތު ކުށެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު ވިދާޅުވީ ކުރީ ސަރުކާރުން ރާއްޖެއަށް ގެއްލުންވާގޮތަށް ޢަމަލުކޮށްފައިވަނީ އެކަށީގެންވާ ސަބަބެއް ނެތި ކަމަށެވެ. ޕީއެނ…

އީރާންގެ އައު ރޫހީ ވެރިޔަކީ މުޖްތަބާ އަލް-ޚާމަނާޢީ

އީރާންގެ ރޫހީ އެންމެ މަތީ ވެރިޔާގެ މަޤާމަށް މުޖްތަބާ އަލް-ޚާމަނާޢީ ޢައްޔަންކޮށްފިއެވެ. އޭނާ އެ މަޤާމަށް ޢައްޔަންކޮށްފައި ވަނީ، ޔަހޫދީންނާއި އެމެރިކާ ގުޅިގެން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގައި، އެ މަޤާމު ކުރިން ފުރުއްވަމުން ގެންދެވި އޭނާގެ ބައްޕާފުޅު، އާޔަތުالله ޢަލީ އަލް-ޚާމަނާޢީ ޝަހީދު ކޮށްލުމާ …

ނިހާޒާއި އަޒީގެ ހަނދާނީ ބިލިއާޑް މުބާރާތުގެ ޗެމްޕިއަންކަން ސޯލްޖަރސްއަށް

މާލޭ ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އަށް ގިނަ ޚިދުމަތްތަކެއް ކޮށްދީފައިވާ އަލްމަރްޙޫމް މުޙައްމަދު ނިހާޒް އަދި އަލްމަރްޙޫމް ޢަބްދުލްއަޒީޒުގެ ހަނދާނުގައި ބޭއްވި "10 ބޯލް ޑަބަލްސް ޓޯނަމަންޓް" ގެ ޗެމްޕިއަންކަން ސޯލްޖަރސް ޓީމުން ހޯދައިފިއެވެ. މާލޭ ޕޫލް ބިލިއާޑް ހޯލުގައި ބޭއްވި މި މުބާރާތުގެ ފަ…

ސާފުތާހިރުކަން ކުޑަވުމުގެ ސަބަބުން ތެލުލި ފަތް ފަދަ ކާބޯތަކެތި އުފައްދާ ތަނެއްގެ މަސައްކަތް ހުއްޓާލަން އަންގައިފި

ސާފުތާހިރުކަން ކުޑަވުމުގެ ވުމުގެ ސަބަބުން ތެލުލި ފަތާއި، ކޮށި މަހާއި ކުޅި ކާޖާ އަދި ރިހާކުރާއި އަދި މިނޫންވެސް ތަކެތި އުފައްދައި ވިއްކަމުން އަންނަ ތަނެއް ކަމަށްވާ ''ބިލްތްމާ ޓޭސްޓީ'' ގެ މަސައްކަތް ހުއްޓާލަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން އަންގައިފި އެވެ.

މާލެސިޓީގައި ހުރި މައްސަލަތަކަށްވުރެ މާލެ ސިޓީއަށް ޕީއެންސީން ވާދަ ކުރައްވާ ކެންޑިޑޭޓުންގެ މައްސަލަތައް ގިނަ: ގަޕޯ

މާލެސިޓީގައި ހުރި މައްސަލަތަކަށްވުރެ މާލެ ސިޓީއަށް ޕީއެންސީން ވާދަ ކުރައްވާ ކެންޑިޑޭޓުންގެ މައްސަލަތައް ގިނަކަމަށް އެމްޑީޕީގެ ވަގުތީ ޗެއަރޕަރސަން، ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ (ގަޕޯ) ވިދާޅުވެއްޖެއެވެ.

ނަމެއްގައި މަޖިލިސް މެމްބަރުންތަކެއް ތިބުމުގެ ބަދަލުގައި ރައީސް ނުވަތަ ޕީއެންސީގެ ރެޕެއް އިންނެވިޔަސް މާ ރަނގަޅުވާނެ: މާރިޔާ

ނަމެއްގައި މަޖިލިސް މެމްބަރުންތަކެއް ތިބުމުގެ ބަދަލުގައި ރައީސް ޑރ މުޙައްމަދު މުއިއްޒު ނުވަތަ ޕީއެންސީގެ ރެޕްރެޒެންޓޭޓިވެއް އިންނެވިޔަސް މާ ރަނގަޅުވާނެކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕަރސަން މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

Loading fresh headlines…