މާލޭގައި ދެވަނަ އާބަން ޕްރައިމަރީ ހެލްތު ކެއާ ސެންޓަރު ތަރައްޤީ ކުރުމަށް ދަމަނަވެށި މާދަމާ ވަގުތީ ގޮތުން ބަންދުކުރަން ނިންމައިފިއެވެ.

ސިއްހަތާ ބެހޭ ވުޒާރާއިން މިދިޔަ ހަފްތާގައި ކުރި އިއުލާނުގައި ބުނީ މާލޭ ސަރަހައްދުގައި ޖީ.ޕީ އަދި އާބަން ޕްރައިމަރީ ހެލްތު ކެއާ ސެންޓަރުތައް ގާޤާއިމުކުރުމަށްޓަކައި، ކުރީގެ ތެލެސީމިއާ ސެންޓަރާއި މިހާރު ދަމަނަވެށީގެ ގޮތުގައި ބޭނުން ކުރާ އިމާރާތް މަރާމާތުކޮށް، އާާބަން ޕްރައިމަރީ ހެލްތު ކެއާ ސެންޓަރެއް ތަރައްގީ ކުރުމަށް ނިންމާފައިވާކަމަށެވެ.

އެހެންކަމުން ދަމަނަވެށިން މިހާރު ދޭ ހިދުމަތްތައް މާދަމާއިން ފެށިގެން މާފަންނުގައި ހިންގާ އާބަން ޕްރައިމަރީ ހެލްތު ސެންޓަރު އަދި ހުޅުމާލެ 2 ގެ ޖީޕީ ކްލިނިކަށް ބަދަލުވާނެ ކަމަށް އެ ވުޒާރާ އިން ވަނީ ބުނެފައެވެ.

އެގޮތުން އާންމު ބަލިތަކުގެ ޑޮކްޓަރުންނަށް ދެއްކުމާއި އިތުރުފަރުވާ ބޭނުންވާ ހާލަތްތަކުގައި ޚާއްޞަ ޑޮކްޓަރުންގެ ލަފާ ހޯދުމާއި ފަސޭހައިން ދެއްކޭ ޚާއްޞަ ޑޮކްޓަރުންނަށް ދެއްކުމުގެ އިންތިޒާމް މި ސެންޓަރުތަކުން ލިބިގެން ދާނެ އެވެ.

މާލެ ސަރަހައްދުގައި ދެވަނަ އަރބަން ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރު ޤާއިމް ކުރުމުގެ ކުރިއަށްދާއިރު، މި ސެންޓަރުތަކުން ދަމަނަވެށިން ޚިދުމަތްދޭ މިންވަރަށްވުރެ ފުޅާކޮށް ޚިދުމަތް ދިނުމަށް ވަނީ އަމާޒު ހިފާފައެވެ.