Live 4,877 stories Updated May 28, 2026
Showing: VNEWS
Browse topics VNEWS

VNEWS

Live feed

ތައިލެންޑްގެ ވިސާ މައްސަލަ ހައްލުކުރަން ސަރުކާރުން މަސައްކަތްކުރަނީ

ތައިލެންޑްގެ ވިސާގެ މައްސަލަ ހައްލުކުރުމަށް ފޮރިން މިނިސްޓްރީ އަދި އެއަށްވުރެ މަތިންވެސް މަޝްވަރާކުރަމުން އަންނަ ކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.

އަޒަރްބައިޖާނުގެ މިނިވަން ދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވައިފި

އަޒަރުބައިޖާންގެ މިނިވަން ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެ ޤައުމުގެ ރައީސް، އިލްހާމް ހައިދަރު އޮގްލޫ އަލިޔެވް އަދި ބޮޑުވަޒީރު، ޢަލީ ހިދާޔަތު އޮގްލޫ އަސަދޮވް އަށް ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވައިފިއެވެ.

އަޟްޙާ ޢީދުގެ އުފަލުގައި ބާއްވާ "ޢީދު ހަވީރު 1447" ގްރޭޓާ މާލެ ސަރަހައްދުގައި ފަށައިފި

މި އަހަރުގެ އަޟްޙާ ޢީދުގެ އުފަލުގައި ޢާއިލާތައް އެކުވެރި މާޙައުލެއްގައި ބައްދަލުވެ، ޢީދު އުފާ ފާހަގަކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން، "ޢީދު ހަވީރު 1447" ނަމުގައި ގްރޭޓާ މާލެ ސަރަހައްދުގައި ކުލަގަދަކޮށް ފާހަގަކުރުމަށް ނިންމާފައިވާ ކުޅިވަރުތައް، މިއަދު ހަވީރު ފަށައިފިއެވެ.

އިސްލާމީ ޤައުމުތަކުގެ ވެރިންނަށް ރައީސް ޢީދުގެ ތަހުނިޔާ ފޮނުއްވައިފި

މި އަހަރުގެ އަޟްޙާ ޢީދުގެ މުނާސަބަތުގައި އިސްލާމީ ޤައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަޤްވާމީ އިސްލާމީ ޖަމާޢަތްތަކުގެ ވެރިންނަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އިޚްލާޞްތެރި ތަހުނިޔާ އާއި ހެޔޮއެދުން ފޮނުއްވައިފިއެވެ.

ޖަލަށްލި ނޫސްވެރިޔާ ޝަހްޒާން ދޫކޮށްލައިފި

އަދަދު ނޫހުން އުފެއްދި ޑޮކިޔުމެންޓްރީއާއި ގުޅުވައިގެން ކްރިިމިނަލް ކޯޓުން ނެރުނު ގެގް އަމުރާ ހިލާފުވި ކަމަށް ކަނޑައަޅައި، ގުޅޭ ރައީސް މުހައްމަދު މުއިއްޒުއާ ސުވާލެއް ކުރި އަދަދުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާނަށް މިއަދު މިނިވަންވެއްޖެއެވެ.

އެސްޑީއެފްއަށް އަހަރުގެ މިހާތަނަށް 923 މިލިޔަން ރުފިޔާ ޖަމާކޮށްފި

އަހަރުގެ މިހާތަނަށް ސޮވަރިން ޑިވެލޮޕްމަންޓް ފަންޑް، (އެސްޑީއެފް)އަށް 923 މިލިޔަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށް މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

Loading fresh headlines…