ލ. ގަމުގައި ކަރަންޓު ޖެހި ސީރިއަސް އަނިޔާތަކެއް ލިބުނު 14 އަހަރުގެ ކުއްޖާ އިތުރު ފަރުވާއަށް މާލެ ގެނެސްފިއެވެ.
މި ހާދިސާ ހިނގާފައިވަނީ ގަމުގެ މަގުމަތީގައި ހުރި ކަރަންޓު ފޮއްޓަކުން، އަޟްހާ އީދަށް ތައްޔާރުކުރި ބޯޑު ވާގަނޑަކަށް ކަރަންޓު ގުޅަން އުޅުމުގެ ތެރޭގައެވެ.
ހާދިސާ ހިނގުމާއެކު އަނިޔާ ލިބުނު ފިރިހެން ކުއްޖާއަށް ފުރަތަމަ ފަރުވާ ދޭން ފަށާފައި ވަނީ ގަމު ރީޖަނަލް ހޮސްޕިޓަލުގައެވެ.
އެގޮތުން އެ ހޮސްޕިޓަލުގައި އެ ކުއްޖާއަށް ފަރުވާ ދެމުންދިޔައީ ވެންޓިލޭޓަރުގެ އެހީގައެވެ.
މީގެ އިތުރުން އިތުރުފަރުވާ ދިނުމަށް އެ ކުއްޖާ މިއަދު ވަނީ މާލެއަށް ގެނެސްފައެވެ.
އައިޖީއެމްއެޗުން ބުނީ އެ ކުއްޖާއަށް މިހާރު އެ ހޮސްޕިޓަލުގެ އިމަޖެންސީ ރޫމުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.