މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން މި އަހަރުގެ ޢީދު ހަވީރުގެ ޙަރަކާތްތައް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބާއްވަން ނިންމައިފިއެވެ.

އެމްޓީސީސީގެ ޢީދު ހަވީރު ހަރަކާތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައި ވަނީ ތިން ދުވަހުގެ މުއްދަތަށެވެ.

އެގޮތުން މި ހަރަކާތުގައި، ކުޑަކުދިންގެ މެދުގައި ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ އެމްޓީސީސީގެ ޚާއްޞަ ވޯޓަރސްލައިޑް ވަނީ އަލުން ސެންޓްރަލް ޕާކުގައި ބަހައްޓާފައެވެ.

އެ ހަރަކާތް ކުރިއަށްގެންދާނީ މިއަދުން ފެށިގެން މި މަހުގެ 29 ވަނަ ދުވަހާއި ހަމައަށެވެ.

މިގޮތުން އެމްޓީސީސީން ބުނީ އެ ތިން ދުވަހު ހަވީރު 04:00 އިން ހަވީރު 06:00 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި އެ ހަރަކާތް ބާއްވާނެ ކަމަށެވެ.

އެމްޓީސީސީން ބުނީ މުޖުތަމަޢަށް މަޖާ އަދި ހިތްހަމަޖެހޭ ވަގުތުކޮޅެއް ހޯދައިދިނުމަށް ޢީދު ހަރަކާތްތަކާ ގުޅިފައިވާ ކަމަށެވެ.

އެހެންކަމުން އާއިލާއާއި ރައްޓެހިންނާއެކު އައިސް އެމްޓީސީސީއާއެކު ޢީދު ފާހަގަކުރުމަށް އެކުންފުނިން ވަނީ އެދިފައެެވެ.