ބޮޑު ޖަމްރާއަށް ހިލަ އުކުމަށްފަހު ދިވެހި ޙައްޖުވެރިން އެނބުރި މިނާއަށް އައިސްފައިވާ ކަމަށް ހައްޖު ކޯޕަރޭޝަން އިން ބުނެފިއެވެ.

އަޟްހާ އީދު ދުވަހު ފުރަތަމަ ހިލަ އުކާނީ ބޮޑު ޖަމްރާއަށެވެ.

ޖަމްރާއަށް ހިލައުކުން ކުރިއަށްގެންދިޔުމަށްފަހު ދެން އޮންނާނީ ހަދްޔު ކަތިލުމެވެ. އެއަށްފަހު މިނާގައި ރޭކުރުމަށްފަހު، ތިން ޖަމްރާއަށް ހިލައުކުމަށްފަހު ހައްޖުވެރިން ދެން ދާނީ ތަވާފުލްއިފާޟާކުރުމާއި ސަފާ ފަރުބަދައާއި މަރްވާ ފަރުބަދައާ ދެމެދު ސައުޔު ކުރުމަށެވެ. ވަދާއުގެ ތަވާފުކުރުމުން ހައްޖުވެރިންގެ އެންމެ ފަހު ހައްޖުގެ އަޅުކަން އަދާކޮށް ނިންމުމެވެ.

މިއަހަރު ރާއްޖެއިން ޖުމްލަ 1،019 މީހުން ހައްޖުގެ އަޅުކަމުގައި ބައިވެރިވެއެވެ.