އަދަދު ނޫހުން އުފެއްދި ޑޮކިޔުމެންޓްރީއާއި ގުޅުވައިގެން ކްރިިމިނަލް ކޯޓުން ނެރުނު ގެގް އަމުރާ ހިލާފުވި ކަމަށް ކަނޑައަޅައި، ގުޅޭ ރައީސް މުހައްމަދު މުއިއްޒުއާ ސުވާލެއް ކުރި އަދަދުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާނަށް މިއަދު މިނިވަންވެއްޖެއެވެ.

ކްރިިމިނަލް ކޯޓުން ނެރުނު ގެގް އަމުރާ ހިލާފުވި ކަމަށް ކަނޑައަޅައި، ޝަހްޒާން ޖަލަށްލީ މި މަހުގެ 12 ގައެވެ. ޖަލު ހުކުމް ތަންފީޒު ކުރުމާއެކު، ހުޅުމާލެ ޖަލުން ވަނީ ދޫކޮށްލައިފައެވެ.

ކޯޓުން ނެރެފައިވާ ގެގް އަމުރާ ހިލާފުވި ކަމަށް ކަނޑައަޅައި، ހަމަ އެ ދުވަހު "އަދަދު" ނޫހުގެ ނޫސްވެރިޔާ ލީވާން އަލީ ނަސީރު 10 ދުވަހަށް ޖަލަށްލުމަށް ކޯޓުން ހުކުމް ކުރިއެވެ. ހުކުމް ތަންފީޒު ކުރުމާ ގުޅިގެން ލީވާން ޖަލުން ދޫކޮށްލީ މިދިޔަ ބުރާސްފަތި ދުވަހުގައެވެ.

"އަދަދު" ނޫހުން ނެރުނު ވީޑިއޯ ޑޮކިއުމެންޓްރީއެއްގެ ވާހަކަ ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ދެއްކުން މަނާކޮށް ކްރިމިނަލް ކޯޓުން އަމުރެއް ނެރެފައި ވަނީ އެ ނޫހުގެ ސީއީއޯ ހުސައިން ފިޔާާޒު މޫސާ އާއި މެނޭޖިން އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް އުފުލާފައިވާ ގަޒުފުގެ ދައުވާގެ މައްސަލައިގެ ތެރެއިން ދައުލަތުން އެދިގެންނެވެ.