Live 6,010 stories Updated Sep 5, 2026
Showing: RaajjeTV
Browse topics RaajjeTV

RaajjeTV

Live feed

16 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި 42 އަހަރުގެ ބިދޭސީއަކު ހައްޔަރުކޮށްފި

ސައުތު ޕޮލިސްގެ ބެލުމުގެ ދަށުގައި ހިމެނޭ ރަށެއްގައި 16 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ތުހުމަތުގައި 42 އަހަރުގެ ބިދޭސީ ފިރިހެނަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ސަރުކާރުން ބުނި ތަނަކުން ބުނި އަދަދަކަށް ބިން ދީފައިވާނެ، ނަމަވެސް އެއްވެސް މަސައްކަތެއް ނުހިނގާ: ފެހެންދޫ ކައުންސިލް ނައިބު ރައީސް

ސަރުކާރުން ލާމަރުކަޒީ ނިޒާމަށް މިހާރު ގެންނަމުންދާ ބަދަލުތަކުގެ ސަބަބުން ރައްޔިތުންނަށް ވަރަށް ބޮޑު ގެއްލުމެއް ކުރާނެކަމަށް ފެހެންދޫ ކައުންސިލުގެ ނައިބު ރައީސް އަލީ ޝައުފާން ވިދާޅުވެއްޖެ އެވެ.

"ސިޔާސީ މަގާމުތަކަށް ބޮޑު މުސާރަދޭއިރު، ކައުންސިލްތަކުގެ ވަޒީފާ ހިފެހެއްޓުމަކީ ދެކޮޅުޖެހޭ ކަމެއް ނޫން"

ދައުލަތުގެ ޚަރަދު ކުޑަކުރުމުގެ ނަމުގައި ކައުންސިލްތަކަށް މުވައްޒަފުން އައްޔަނުކުރުމުގެ ކުރިން ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ހުއްދަ ހޯދަންޖެހޭ ގޮތަށް ސަރުކާރުން ނިންމި ނިންމުމަށް ބ. ފެހެންދޫ ކައުންސިލުގެ ނައިބު ރައީސް އަލީ ޝައުފާން ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

ފުލުހުންގެ ހިދުމަތުގެ ދުވަސް ފާހަގަކުރުމަށް މާލެއާއި އަތޮޅުތަކުގައި އެކުވެރިކަމުގެ ހިނގާލުން ބާއްވައިފި

ފުލުހުންގެ ހިދުމަތުގެ ދުވަސް ފާހަގަކުރުމަށް ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން އެކުވެރިކަމުގެ ހާއްސަ ހިނގާލުން މާލެއާއި އަތޮޅުތަކުގެ އެކި ރަށްރަށުގައި ބާއްވައިފި އެވެ.

ޓޫރިޒަމް ދާއިރާއަށް ބުރަ ބޮޑުނުކޮށް އެހެން ދާއިރާތައް ތަރައްގީކުރުން މާ މުހިންމު: ސުއޫދު

ޓޫރިޒަމް ދާއިރާއަށް ބުރަ ބޮޑުނުކޮށް އެހެން ދާއިރާތައް ތަރައްގީކުރުން މާ މުހިންމު ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވެލް އޭޖެންޓްސް އެންޑް ޓުއާރސް (މަޓާޓޯ) ގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ ސުއޫދު ވިދާޅުވެއްޖެ އެވެ.

ކައުންސިލް އިންތިހާބާ ދިމާކޮށް ހުޅުދެލި ބިން ހިއްކާ ސަރަހައްދު ފާހަގަކުރަން ދިދަ ޖެހި، މިހާރު އެ ދިދަތައް ވަނީ ވަޔާ ވެއްޓިފައި

ކައުންސިލް އިންތިހާބާއި ދިމާކޮށް ދ.ހުޅުދެލި ބިންހިއްކާ ސަރަހައްދު ފާހަގަކުރަން ދިދަ ޖެހި ނަމަވެސް، އެ ދިދަތައް މިހާރު ވަނީ ވަޔާ ވެއްޓިފައި ކަމަށް ހުޅުދެލި ކައުންސިލުގެ ރައީސް އަހުމަދު ނަސްރު ވިދާޅުވެއްޖެ އެވެ.

މީގޮނަ ވަގާ ނިމިދިޔަ ގޮތަށް މިފަހަރު މި ނިމިދިޔައީ ސްޓެލްކޯ! މާދަމާ ކޮން ކުންފުންޏެއް؟

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އަކީ މިއަދު ޓޮޕިކެކެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެ ކުންފުންޏަކާ މެދު އެންމެ ގިނައިން ވާހަކަ ދެކެވޭ އަދި އެއްބަޔަކަށް މިއަދު ޖޯކަކަށް ވެފައިވާ ކުންފުންޏަކީ ވެސް މި ބޮޑު މާސިންގާ ކުންފުނި ސްޓެލްކޯ އެވެ. އެ ކުންފުންޏާ ގުޅޭ ކޮންމެވެސް ނުރަނގަޅު ވާހ…

ނޭޕާލަށް 65 ހާސް ޑޮލަރު ހަދިޔާކުރުމަށް މުއިއްޒު ނިންމެވި އިރު، ލަންކާ އިން 1 މިލިއަން ޑޮލަރު ހަދިޔާކުރި

2026 އޮގަސްޓު 26 ގައި ނޭޕާލަށް ކުރިމަތިވި ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެންދިއުމުގެ ހާދިސާތަކާ ގުޅިގެން ހިންގާ އިންސާނީ އެހީގެ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން، ނޭޕާލްގެ ބޮޑުވަޒީރުގެ ޑިޒާސްޓަރ ރިލީފް ފަންޑަށް، 1 މިލިއަން ދިވެހި ރުފިޔާ (64,735 ޑޮލަރު) ހަދިޔާކުރެއްވުމަށް ނިންމަވާފައިވާކަން، ރ…

ކުރީގައި "ޓެކްސް ހެވަން" އެއް ގޮތުގައި އޮތް ރާއްޖެ މިހާރު މިއޮތީ "ޓެކްސް ހެލް" އަކަށް ބަދަލުވެފައި: ޝާޒް ވަލީދު

ކުރީގައި "ޓެކްސް ހެވަން" އެއް ގޮތުގައި އޮތް ރާއްޖެ މިހާރު މިއޮތީ "ޓެކްސް ހެލް" އަކަށް ބަދަލުވެފައި ކަމަށް ރިސޯޓް ލައިފްގެ މެނޭޖިންގ ޑިރެކްޓަރު ޝާޒް ވަލީދު ވިދާޅުވެއްޖެ އެވެ.

ހުދުމުހުތާރު ވެރިކަމެއް ކުރުމުގެ ހުރިހާ ސިފައެއް ރައީސް މުއިއްޒުގެ ކިބައިގައި އެބަހުރި: ޑީޑީ

ހުދުމުހުތާރު ވެރިކަމެއް ކުރެއްވުމުގެ ހުރިހާ ސިފަފުޅުތަކެއް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކިބައިގައި އެބަހުރި ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހީމް ދީދީ (ޑީޑީ) ވިދާޅުވެއްޖެ އެވެ.

Loading fresh headlines…