ސައުތު ޕޮލިސްގެ
ބެލުމުގެ ދަށުގައި ހިމެނޭ ރަށެއްގައި 16 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި
ތުހުމަތުގައި 42 އަހަރުގެ ބިދޭސީ ފިރިހެނަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
ފުލުހުން
މީޑިއާތަކާ ހިއްސާކުރި މައުލޫމާތުގައިވާ ގޮތުން މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ
2026 ސެޕްޓެމްބަރު 4 ވަނަ ދުވަހު އެވެ.
މި މައްސަލައާ
ގުޅިގެން ތުހުމަތު ކުރެވޭ ބިދޭސީ ފިރިހެނަކު ހައްޔަރުކޮށްފައިވަނީ މައްސަލަ ރިޕޯޓުކުރި
ދުވަހު އެވެ.
ފުލުހުން
ހާމަކުރި ގޮތުގައި މި މައްސަލަ ހިނގާފައިވަނީ ސައުތު ޕޮލިސްގެ ބެލުމުގެ ދަށުގައި ހިމެނޭ
ރަށެއްގަ އެވެ. ނަމަވެސް ކުޑަކުއްޖަކު ހިމެނޭ މައްސަލައެއްކަމަށްވާތީ މައްސަލަ ހިނގި
ރަށުގެ ނަން ފުލުހުން ހާމައެއް ނުކުރެ އެވެ.
ފުލުހުން
ބުނީ މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.