Live 6,010 stories Updated Sep 13, 2026
Showing: RaajjeTV
Browse topics RaajjeTV

RaajjeTV

Live feed

ފުޅަދޫ ސްކޫލަށް ކްލާސް ރޫމް އިތުރުކުރުމުގެ މަޝްރޫއު ގާތުން ބައްލަވާނެކަމަށް ރައީސް ވިދާޅުވި، ނަމަވެސް އެއް ކަމެއްވެސް ނުހިނގާ!

ބ. ފުޅަދޫ ސްކޫލަށް އިތުރު ކުރަން ފަށާފައިވާ ތިން ކްލާސްރޫމްގެ މަސައްކަތް ހުއްޓިފައި އޮތުމުގެ ސަބަބުން އެ ރަށު ކައުންސިލުން ބޮޑު ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ކޮޅުފުށީ ކައުންސިލަށް ބިމު ކުލީގެ ގޮތުގައި ލިބެންޖެހޭ 2 ލައްކަ އަށް ވުރެ ގިނަ ރުފިޔާ ނުލިބި ގެއްލިފައިވޭ: އޮޑިޓް ރިޕޯޓު

މ. ކޮޅުފުށި ކައުންސިލަށް ބިމު ކުލީގެ ގޮތުގައި ލިބެން ޖެހޭ ފައިސާގެ ތެރެއިން 2 ލައްކަ އަށް ވުރެ ގިނަ ރުފިޔާ ގެއްލިފައިވަނީ ޖޫރިމަނާ ފައިސާ ހިމަނާފައި ނުވުމުން ކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.

ވައްކަން ކުރުމަކީ ހަމައެކަނި މީހެއްގެ އަޚުލާގަށް އަންނަ ބަދަލެއް ނޫން، އެފަދަ ތަނެއްގައި އެއްވެސް އަމާންކަމެއް، ރައްކާތެރިކަމެއް ނޯންނާނެ: ރައީސް މުއިއްޒު

ވައްކަން ކުރުމާއި ފޭރުމާއި ރިބާ ކެއުމާއި އަދި މަކަރާއި ހީލަތް ހެދުން ފަދަ ހުރިހާ ކުށްތަކަކީ އިސްލާމްދީނުގައި ހަރާމްކުރައްވައި ނަހީކުރައްވާފައިވާ ކަންކަން ކަމަށާއި، އިޖުތިމާއީ ފަސާދައިގެ ހުރިހާ ނުބައި އަމަލުތަކަކުން ދުރުހެލިވުމަށް މި މާތް ދީން އަންގަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާ…

ބީއެމްއެލް ރުފިޔާ ކާޑު ބޭނުންކޮށްގެން ބޭރުގެ އީ-ކޮމާސް މުއާމަލާތްތަކަށް ކޮންމެ ދުވަހަކަށް ބޭނުން ކުރެވޭނެ ލިމިޓްތަކެއް ކަނޑައަޅައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ރުފިޔާ ކާޑުތައް ބޭނުންކޮށްގެން ރާއްޖެއިން ބޭރުގެ އޮންލައިން ޕްލެޓްފޯމްތަކުގައި ވިޔަފާރިކުރެވޭނެ ދުވާލުގެ ލިމިޓްތަކެއް ކަނޑައަޅައި، އެކަން އެ ބޭންކުން އިއުލާނުކޮށްފި އެވެ.

ބީއެމްއެލްގެ ރުފިޔާ ކާޑު ބޭނުންކޮށްގެން ޓިކެޓާއި ބުކިންގ ހަދަން ކޮންމެ ކަސްޓަމަރަކަށް 3 މަސް ދުވަހުގެ ތެރޭގައި ކުރެވޭނީ ގިނަވެގެން ތިން މުއާމަލާތް!

ބޭންކް އޮފް މޯލްޑިވްސް އިން ނެރުނު ރުފިޔާ ކާޑުތައް ބޭނުންކޮށްގެން ރާއްޖެއިން ބޭރުގެ އޮންލައިން ޕްލެޓްފޯމްތަކުގައި ވިޔަފާރިކުރެވޭނެ ދުވާލުގެ ލިމިޓްތަކެއް ކަނޑައަޅާފައިވާއިރު، ޓިކެޓާއި ހޮޓެލް ބުކިންގ މުއާމަލާތްތަކަށް ކޮންމެ ކަސްޓަމަރަކަށް ތިން މަސް ދުވަހުގެ ތެރޭގައި ކުރެވޭނީ ގިނަވެގެން ތިން މުއާމަލާތް…

އިޖުތިމާއީ އަޚުލާޤު ފަސާދަވެއްޖެއްޔާ އެ ބައެއްގެ ނިމިދިޔުން މާ ދުރަކު ނޯންނާނެ: ރައީސް

އިންސާނީ ޖަމާޢަތެއްގެ ސަޤާފަތް ނުވަތަ އެބަޔަކު ވިސްނާ ގޮތާއި އިޖުތިމާއީ އަޚުލާޤު ފަސާދަވެއްޖެއްޔާ އެ ބައެއްގެ ނިމިދިޔުން މާ ދުރަކު ނޯންނާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ކުންފުނިތައް އުވާލަނީ ޚަރަދުކުޑަކުރަން ކަމަށް ބުނުމަށްފަހު، ނަމަވެސް އަނެއްކާ ވެސް އައު ކުންފުންޏެއް!

ޚަރަދު ކުޑަ ކުރުމަށްޓަކައި ސަރުކާރުން ހަރުކަށި ފިޔަވަޅުތައް އަޅަމުންދާ ކަމަށް ބުނާ ދަނޑިވަޅެއްގައި އަނެއްކާ ވެސް އައު ކުންފުންޏެއް، ރައީސް ޑރ. މުހައްމަދު މުއިއްޒު އުފައްދަވައިފި އެވެ.

ޚަޒާންދާރުކަމުގައި ހުންނެވި ދުވަސްވަރު ޝައްކުކުރެވޭ މުއާމަލާތެއް ނުހިންގަން: އަދުރޭއަށް މުސްތަފާގެ ހޫނު ރައްދެއް

ޕީޕީއެމްގެ ޚަޒާންދާރުކަމުގެ މަޤާމުގައި ހުންނެވި ދުވަސްވަރު އެ ޕާޓީއާ ގުޅުންހުރި ޝައްކުކުރެވޭ އެއްވެސް މާލީ މުއާމަލާތެއް ހިންގަވާފައި ނުވާނެ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް، ކުރީގެ ޗީފް އޮފް ސްޓާފް އަހްމަދު މުސްތަފާ ވަރުގަދަ ރައްދެއް ދެއްވައިފި އެވެ.

ރާއްޖޭގައި ބޭރަށްހިންގުމާއި ހޮޑުލުން އިތުރުވާތީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މި ދުވަސްވަރު ބޭރަށްހިންގުމާއި ހޮޑުލުން އިތުރުވަމުންދާތީ، އެކަމަށް އާންމުން ހޭލުންތެރިވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަރަށް ބޮޑަށް އިލްތިމާސްކޮށްފި އެވެ.

ކޮޅުފުށީ ކައުންސިލުން 12 ބިމެއް 50 އަހަރަށް ކުއްޔަށް ދޫކޮށްފައި ވަނީ ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތަކަށް ނޫން: އޮޑިޓް ރިޕޯޓް

މ. ކޮޅުފުށީ ކައުންސިލުން 12 ބިމެއް 50 އަހަރަށް ކުއްޔަށް ދޫކޮށްފައި ވަނީ ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތަށް ނޫން ކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.

"އޭސީސީއަކީ ސަރުކާރަށް ޤާނޫނީ ލަފާދޭ ތަނެއް ނޫން، އެހިސާބުން އޭސީސީ ވަނީ ސަރުކާރުގެ އިދާރާއަކަށް"

ހުޅުމާލެއިން ކުޑަ އަގަކަށް ބިމެއް ވިއްކަން ނިންމީ 2003 ވަނަ އަހަރުން ފެށިގެން ހައްލުނުވެ އޮތް މައްސަލައަކާ ގުޅިގެން ކަމަށް ހައުސިންގ މިނިސްޓްރީން ވަނީ ބުނެފަ އެވެ. މި މުއާމަލާތުގައި ގޯހެއް އުޅޭތޯ ބެލުމަށާއި، އޭސީސީގެ ލަފާއެއް މިކަމުގައި ހޯދުމަށް މިނިސްޓްރީން އަމިއްލައަށް އޭސީސީއަށް ހުށަހަޅާފައިވާއިރ…

Loading fresh headlines…