Live 6,009 stories Updated Sep 24, 2026
Showing: RaajjeTV
Browse topics RaajjeTV

RaajjeTV

Live feed

މި ސަރުކާރުގެ ސިޔާސަތަކީ ބޭކާރު ހަރަދުތައްކޮށް ހުރިހާ ފައިސާއެއް ތަޅާބުރުވާލުމަށްފަހު ޓެކްސް އިތުރުކުރުން: މޭޔަރު އާޒިމް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ސިޔާސަތަކީ ބޭކާރު ހަރަދުތައްކޮށް ހުރިހާ ފައިސާއެއް ތަޅާބުރުވާލުމަށްފަހު ޓެކްސް އިތުރުކުރުން ކަމަށް މާލެސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

އީސީގެ ކުރީގެ ރައީސް ޒާހިދަށް ބިންވެރިޔާ ސްކީމުން ދިން ގޯތީގެ މައްސަލައިގައި ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރެދީފި

އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް މުހައްމަދު ޒާހިދަށް ބިންވެރިޔާ ސްކީމުން ހުޅުމާލެއިން ދޫކުރި ގޯތީގެ ރަޖިސްޓްރީ ހައުސިން މިނިސްޓްރީން ބާތިލްކުރި މައްސަލާގައި، އެ ގޯތި އެހެން މީހަކަށް ދިނުން ހުއްޓުވަން އެދި ޒާހިދު ހުށަހެޅި ދައުވާއެއްގައި، ވަގުތީ އަމުރެއް ސިވިލް ކޯޓުން ނެރެދީފި އެވެ.

ރައީސް މުއިއްޒުގެ އަމަލުފުޅުތަކުގެ ސަބަބުން ދިވެހި ރައްޔިތެކޭ ބުނަންވެސް މިއަދު ވަނީ ޖޯކަކަށް: ތަޒްމީލް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަމަލުފުޅުތަކުގެ ސަބަބުން، މިއަދު ދިވެހި ރައްޔިތެކޭ ބުނުމުން އަމިއްލަ ނަފްސަށް ޖޯކެކޭ އިހުސާސްކުރެވޭ ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށް އެމްޓީޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ތަޒްމީލް އަބްދުއްސަމަދު ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ ކުންފުނިތަކުން ރަނގަޅު ކުރަންޖެހޭ ކަންކަން ބަލައި، އެކަމާ ގުޅޭ އެންގުންތައް އެންގުމަށް އެނަލިސްޓެއް ހޯދަނީ

ދައުލަތުގެ ވިޔަފާރި ތަންތަނުގެ ހިންގުން ހަރުދަނާކުރުމަށް އެކުލަވާލާފައިވާ އެހެނިހެން އުސޫލުތަކާއި، ގައިޑްލައިންތަކާއި، އެންގުންތަކާއި އެއްގޮތަށް ކުންފުނި ތަކުން އަމަލުކުރޭތޯ ބަލައި ރަނގަޅުކުރަންޖެހޭ ކަންތައްތައް ކުންފުނިތަކަށް އެންގުމަށް އެސިސްޓަންޓް އެސް.އޯ.އީ އެނަލިސްޓަކު ހޯދަން މާލީކަންކަމާއި ސަރ…

އެއަރ ކޮލިޓީ މޮނިޓަރިންގ ސްޓޭޝަންތައް ބެހެއްޓުމުގެ މަސައްކަތްދަނީ ކުރަމުން، 4 ސްޓޭޝަނެއް މި އަހަރު ނިމުމުގެ ކުރިން ބަހައްޓާ ނިމޭނެ: މިނިސްޓަރު

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވައިގެ ކޮލިޓީ ދެނެގަތުމަށް އެއަރ ކޮލިޓީ މޮނިޓަރިންގ ސްޓޭޝަންތައް ބެހެއްޓުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، 4 ސްޓޭޝަނެއް މި އަހަރު ނިމުމުގެ ކުރިން ބަހައްޓާ ނިމޭނެ ކަމަށް މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަލީ ޝަރީފް ވިދާޅުވެއްޖެ އެ…

ޕީއައިއޭ އިން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ނިންމައިފި

ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިންސް (ޕީއައިއޭ) ގެ ފްލީޓަށް އާ ބޯޓުތަކެއް އިތުރުކުރުމާއެކު، ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ނިންމާފައިވާކަން އެ އެއާލައިންގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ބުދަ ދުވަހު ހާމަކުރައްވައިފި އެވެ. މި ނިންމުމަކީ ދެ ގައުމުގެ ދެމެދުގައި ފަތުރުވެރިކަމާއި، ވިޔަފާރި އަ…

ރާއްޖެ އޮތީ ސައުދީއާއެކު ވިޔަފާރި އާއި އިންވެސްޓްމަންޓްތަކުގައި ކުރިއެރުން ހިއްސާކުރަން ތައްޔާރަށް: ރައީސް މުއިއްޒު

ދިވެހިރާއްޖެއާއި ސައުދީ އަރަބިއްޔާއާ ދެމެދު އޮތް ގުޅުމުގެ ތެރެއިން، ރާއްޖެ އޮތީ ހަމައެކަނި ތަރައްޤީގެ އެހީތެރިކަން ލިބިގަންނަ ބައިވެރިއެއްގެ ގޮތުގައި ނޫން ކަމަށާއި، ވިޔަފާރި އާއި އިންވެސްޓްމަންޓްތަކުގައި ކުރިއެރުން ހިއްސާކުރާ ބައިވެރިއެއްގެ ގޮތުގައި މަސައްކަތްކުރަން ތައްޔާރަށް ކަމަށް ރައީސް ޑރ. މުހަ…

ވިޔަފާރީގެ ހަމަތަކާއި އުކުޅުތައް ވާދަވެރި އެހެން ވިޔަފާރިވެރިންނަށް އެނގޭ ގޮތަށް ހާމަކުރަން ޖެހުމަކީ ވިޔަފާރިތަކަށް އޮތް ބޮޑު ނުރައްކަލެއް: ރައީސް ނަޝީދު

ވިޔަފާރީގެ ހަމަތަކާއި އުކުޅުތައް ވާދަވެރި އެހެން ވިޔަފާރިވެރިންނަށް އެނގޭ ގޮތަށް ހުޅުވާލުމަކީ ވިޔަފާރިތަކަށް ކުރިމަތިވާނެ ވަރަށް ބޮޑު ހުރަހެއް ކަމަށާއި، އޭގެ ސަބަބުން ބޮޑެތި ނުރައްކާތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

Loading fresh headlines…