ދައުލަތުގެ
ވިޔަފާރި ތަންތަނުގެ ހިންގުން ހަރުދަނާކުރުމަށް އެކުލަވާލާފައިވާ އެހެނިހެން އުސޫލުތަކާއި،
ގައިޑްލައިންތަކާއި، އެންގުންތަކާއި އެއްގޮތަށް ކުންފުނި ތަކުން އަމަލުކުރޭތޯ ބަލައި
ރަނގަޅުކުރަންޖެހޭ ކަންތައްތައް ކުންފުނިތަކަށް އެންގުމަށް އެސިސްޓަންޓް އެސް.އޯ.އީ
އެނަލިސްޓަކު ހޯދަން މާލީކަންކަމާއި ސަރުކާރުގެ ކުންފުނިތަކާ ބެހޭ ވުޒާރާއިން އިއުލާނު
ކޮށްފި އެވެ.

މި އިއުލާނު
ކޮށްފައިވަނީ މާލީކަންކަމާއި ސަރުކާރުގެ ކުންފުނިތަކާ ބެހޭ ވުޒާރާއިންނެވެ. މި ވަޒީފާއަށް
ނަގާ މުވައްޒަފު މަސައްކަތް ކުރަން ޖެހޭނީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން
ބޯޑުގެ ސެކްރެޓޭރިއަޓްގަ އެވެ.

އިއުލާނުގައިވާ
ގޮތުން މި މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތަކުގެ ތެރޭގައި ސަރުކާރު
ހިއްސާވާ ކުންފުނިތަކާއި، ދައުލަތުގެ ވިޔަފާރި ތަންތަނުގެ ހިންގުން ހަރުދަނާކުރުމަށް
އެކުލަވާލާފައިވާ އެހެނިހެން އުސޫލުތަކާއި، ގައިޑްލައިންތަކާއި، އެންގުންތަކާއި އެއްގޮތަށް
ކުންފުނިތަކުން އަމަލުކުރޭތޯ ބަލައި ރަނގަޅުކުރަންޖެހޭ ކަންތައްތައް ކުންފުނިތަކަށް
އެންގުން ހިމެނެ އެވެ.

މި މަޤާމުގެ
މުސާރައިގެ ގޮތުގައި 15،000 އަށްވުރެ ބޮޑު އަދަދެއް ލިބެ އެވެ.

އަދި ސަރުކާރު
ހިއްސާވާ ކުންފުނިތަކާއި، ދައުލަތުގެ ވިޔަފާރި ތަންތަނުގެ މާލީ ހާލާތު ދިރާސާކުރުމަށްޓަކައި
އެތަންތަނުން ހޯދަންޖެހޭ ލިޔުންތަކާއި އަދި މަޢުލޫމާތު ހޯދާ މި މަޢުލޫމާތުތަކަށް ރިއާޔަތްކޮށް
ތައްޔާރުކުރަންޖެހޭ ރިވިއު ރިޕޯޓްތައް ތައްޔާރުކުރުން ވެސް މި މަޤާމުގެ މަސްއޫލިއްޔަތުތަކުގެ
ތެރޭގައި ހިމެނެ އެވެ.

މީގެ އިތުރުން
ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، ދައުލަތުގެ ވިޔަފާރިތަންތަނުގެ އެކްސްޓަރނަލް ރިވިއު
އަދި އޮޑިޓް އަދި އިންޓަރނަލް ރިވިއު އަދި އޮޑިޓްތަކުގައި ފާހަގަކޮށްފައިވާ ކަންތައްތައް
އިސްލާހުކުރުމުގެ ގޮތުން އަމަލީ ސިފަގެނެސްފައިވާ މިންވަރު ބަލައި، ފޮލޯއަޕް ހެދުމާއި
އަދި އިތުރުން ދޭންޖެހޭ ރެކަމަންޑޭޝަންއެއްވާނަމަ އެ ރެކަމެންޑޭޝަންތައް ދިނުން ވެސް
މި މަޤާމުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެ އެވެ.

އަދި ސަރުކާރު
ހިއްސާވާ ކުންފުނިތައް ގިންތި ކުރުމާއި ގުޅޭ މަސައްކަތްތައް ކުރުމާއި، ބަޖެޓާއި އެއްގޮތަށް
އެކުލަވާލާފައިވާ ޓަރގެޓްތައް ހާސިލްކޮށްފައިވޭތޯ ބަލައި، އެ ކުންފުނިތަކުގެ ބޯޑު މެންބަރުންނަށް
ދޭ އިނާޔަތްތައް ކަނޑައެޅުމަށް ކުރަންޖެހޭ ރިވިއުތައް ކުރުމާއި، އަދި ކަމާގުޅޭ އުސޫލުތަކަށް
ބަދަލެއް ގެންނަންޖެހިއްޖެ ހާލަތެއްގައި މަޝްވަރާކުރުމަށްފަހުގައި ބަދަލު ގެނައުމަށް
ކުރަންޖެހޭ މަސައްކަތްތައް ކުރުން ވެސް މި މަޤާމުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި
ހިމެނެ އެވެ.

ސަރުކާރު
ހިއްސާވާ ކުންފުނިތަކާއި، ދައުލަތުގެ ވިޔަފާރިތަންތަނަށް ސަރުކާރުގެ ގެރެންޓީގެ ދަށުން
ދޫކޮށްފައިވާ ލޯނުތަކުގެ ފައިސާ ބޭނުންކުރަމުންދަނީ ލޯނު ދޫކޮށްފައިވާ މަގްސަދާއި،
އަދި އެހެނިހެން ކަންކަމާއި އެއްގޮތަށްތޯ ބެލުމަށްޓަކައި މޮނިޓަރ ކުރާނެ މެކޭނިޒަމެއް
އެކުލަވާލައި މޮނިޓަރކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމާއި، އަދި ސަރުކާރު ހިއްސާވާ
ކުންފުނިތަކުގެ އިޖްތިމާއީ ޒިންމާއާގުޅޭ ގޮތުން ކުރާ ހަރަދުގެ މައުލޫމާތު ބޯޑަށް ހިއްސާކޮށް،
ކުންފުނިން މިކަންކަމާއި ގުޅޭ ގައިޑްލައިންތަކަށް ޢަމަލުކުރާ މިންވަރު ދެނެގަތުމަށްޓަކައި
ކުރަންޖެހޭ މަސައްކަތްތައް ކުރުން ވެސް މި މަޤާމުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި
ހިމެނެ އެވެ.

މި މަޤާމަށް
އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2026 އޮކްޓޫބަރު 04 ވާ ހޮނިހިރު ދުވަހުގެ މެންދުރުފަހު
13:00 ގެ ކުރިން، މާލީކަންކަމާއި ސަރުކާރުގެ ކުންފުނިތަކާ ބެހޭ ވުޒާރާ އަށް
ކަމަށްވެސް އިއުލާނުގައިވެ އެވެ.