Live 6,009 stories Updated Sep 25, 2026
Showing: RaajjeTV
Browse topics RaajjeTV

RaajjeTV

Live feed

މޫސުމީ ބަދަލުތަކަށް ހޭނުމަށް ބޭނުންވާ ފައިސާގެ ބޮޑު މިންވަރެއް ހަމަޖައްސައިދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ގޮވާލައްވައިފި

ކަނޑުގެ ލޮނުގަނޑު އުފުލުމުގެ މައްސަލައަށް އޮތް ހައްލަކީ ފަހަތަށް ޖެހުން ނޫން ކަމަށާއި، މޫސުމީ ބަދަލުތަކަށް ހޭނުމަށް ބޭނުންވާ ފައިސާގެ ބޮޑު މިންވަރެއް ހަމަޖައްސައިދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފް ގޮވާލައްވައިފި އެވެ.

ފެހެންދޫ ފެނާއި ނަރުދަމާގެ މަސައްކަތް ލަސްވެ، ގެނައި ސާމާނުތައް ހަލާކުވަނީ!

ބ. ފެހެންދޫގެ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ނުނިމި ދިގުލައިގެން ގޮސް، އެ މަސައްކަތަށް ގެނެސްފައި ހުރި ގިނަ އަދަދެއްގެ ތަކެތި ހަލާކުވެ ވީރާނާވަމުންދާ ކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ.

އެލްނީނޯއާ ގުޅިގެން ހާލަތު ގޯސްވެއްޖެނަމަ ބިންހިއްކުމުގެ މަޝްރޫއުތައް މެދުކަނޑާލާނެ: މިނިސްޓަރު ޝަރީފް

އެލްނީނޯގެ ސަބަބުން ތިމާވެއްޓަށް ކުރާ އަސަރު ބޮޑުވެ، ހާލަތު އެ ވަރަށް ގޯސްވެއްޖެ ނަމަ ބިންހިއްކުމުގެ މަޝްރޫއުތައް މެދުކަނޑާލާނެ ކަމަށް މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަލީ ޝަރީފް ވިދާޅުވެއްޖެ އެވެ.

3 މިނިސްޓްރީގައި ރޯވި ހާދިސާ: ވީޑިއޯ ފުޓޭޖްތަކުގެ ވަގުތުތަކުން އަލިފާން ނިއްވާ ސިފައިން ދިޔަ ވަގުތާ މެދު ފުލުހުންނަށް ސުވާލުތަކެއް

ސަރުކާރުގެ ތިން މިނިސްޓްރީއެއް ހިންގަމުން ދިޔަ އިމާރާތުގައި 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު ހިނގައިދިޔަ ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާންމުކުރި ވީޑިއޯ ފުޓޭޖްތަކުގައިވާ ވަގުތުތަކާއި، އަލިފާން ނިއްވާ ސިފައިން އެ ސަރަހައްދަށް ދިޔަ ވަ…

އައްޑޫ ލިންކު ރޯޑު ހަތަރު ލޭނަށް ތަރައްގީކުރުމުގެ މަސައްކަތް ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ކުރިން ހަވާލުކޮށްފައި އޮތް އައްޑޫ ލިންކު ރޯޑު ތަރައްގީކުރުމުގެ މަޝްރޫއުގެ ބައި އެ ކުންފުނީގެ ސްކޯޕުން އުނިކުރުމަށްފަހު، އެ މަސައްކަތް ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށް، އަމަލީ މަސައްކަތް ރަސްމީކޮށް އިފުތިތާހުކޮށްފި އެވެ.

ސްކޭމްގެ މައްސަލަތައް: ގެއްލުނު 15 މިލިއަން ރުފިޔާގެ ތެރެއިން 6.6 މިލިއަން ރުފިޔާ ފުލުހުން އަނބުރާ ހޯދައިފި

މި އަހަރުގެ މިހާތަނަށް މާލީ މުއާމަލާތްތަކާ ގުޅޭ 1,584 ސްކޭމްގެ މައްސަލައެއް ދިވެހި ފުލުހުންގެ ހިދުމަތަށް ހުށަހެޅި، އެ މައްސަލަތަކުގައި ގެއްލުނު 15 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ތެރެއިން 6.6 މިލިއަން ރުފިޔާ އަނބުރާ ހޯދާފައިވާ ކަމަށް ފުލުހުން ހާމަކޮށްފި އެވެ.

ފުއްގިރި މައްސަލައިގައި ސަން ކުންފުނިތަކުގެ މައްޗަށް ކުށް ސާބިތުނުވި ނިންމުން އިސްތިއުނާފު ނުކުރަން ނިންމީ ނުކުންނާނެ އިތުރު ނަތީޖާއެއް ނެތީމަ: ޕީޖީ

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތު ނެގި ކަމަށް ބުނާ މައްސަލައިގައި ސަން ކުންފުނިތަކުގެ މައްޗަށް ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފު ނުކުރަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމައިފި އެވެ.

ތިން މިނިސްޓްރީއެއްގައި ރޯވި އަލިފާނުގެ ހާދިސާ: އިންޝުއަރެންސް ކޮށްފައިވަނީ އެންވަޔަރަމެންޓް މިނިސްޓްރީ އެކަނި ކަމަށް ފުލުހުން ބުނެފި

މާލޭގައި ހުންނަ ސަރުކާރުގެ ތިން މިނިސްޓްރީއަކާއި މާލޭ ސިޓީ ކައުންސިލްގެ އިދާރާތައް ހިންގަމުން އައި އިމާރާތްތަކުގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއަށް ބަލާއިރު، އެ ހާދިސާގައި ގެއްލުންވި ތަންތަނުގެ ތެރެއިން އިންޝުއަރެންސް ނަގައިފައިވަނީ ހަމައެކަނި އެންވަޔަރަމެންޓް މިނިސްޓްރީ ހިންގި އިމާރާތަށް އ…

ތިން މިނިސްޓްރީގައި އަލިފާން ރޯވުމުގެ ކުރިން ވެސް ކަރަންޓުގެ މައްސަލަ އުޅޭކަން އެނގޭ: ފުލުހުން

ސަރުކާރުގެ ތިން މިނިސްޓްރީއެއް ހިންގަމުން އައި އިމާރާތުގައި އަލިފާން ރޯވެ، ތިން މިނިސްޓްރީ އެއްކޮށް އަނދައި އަޅިއަށް ވެގެން ދިޔަ ހާދިސާގެ ކުރިން ވެސް، އެ އިމާރާާތުގައި ކަރަންޓުގެ މައްސަލަ އުޅޭކަން އެނގޭ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ބުނެފި އެވެ.

Loading fresh headlines…